ހައުސިން މިނިސްޓްރީ

ވެލާނާގޭ ފިހާރަ ކުއްޔަށް ދެނީ

Dec 25, 2016

ވެލާނާގޭ ފިހާރަ ކުއްޔަށް ދޫކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމާ ގުޅޭ ކަންކަން ކުރުމަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، ސަރުކާރުގެ އޮފީސް އެކުވެނި، ވެލާނާގޭ ފިހާރަ ކުއްޔަށް ހިފައި އެތަން ހިންގަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާދަމާ 12:00 ގައި އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ. އަދި ފިހާރަ ކުއްޔަށް ހިފަން އަގު ހުށަހެޅުން މިމަހުގެ 29 ވަނަ ދުވަހު އެ މިނިސްޓްރީގައި އޮންނާނެ ކަމަށާއި ޕްރީބިޑް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަގު ބަލައިނުގަންނާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އަގު ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގަ އެވެ.