ވިޔަފާރި

ކޯކު އާ އަހަރުގެ ޕްރޮމޯޝަން: 54 މީހަކަށް ބެންކޮކް ދަތުރު!

Dec 30, 2016

ގިނަ އަދަދެއްގެ ބަޔަކަށް ބެންކޮކް ދަތުރާއި ހިލޭ ކޯކް ލިބޭ ބޮޑު ޕްރޮމޯޝަނެއް، އާ އަހަރާ ދިމާކޮށް ކޮކާ ކޯލާ އިން ފަށައިފި އެވެ.

ސޯލްޓް ކެފޭގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އިފުތިތާހު ކުރި "ޓޭސްޓް ދަ ފީލިން" ޕްރޮމޯޝަންގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ފެބްރުއަރީ 14 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގައި ކޯކުގެ ހުރިހާ ސައިޒެއްގެ ފުޅިއެއް ވެސް ހިމެނެ އެވެ. އެގޮތުން މި ޕްރޮމޯޝަނަށް ހާއްސަކޮށް، ރަން ކުލައިގެ މަތިގަނޑެއް ޖަހާފައި ފުޅިއެއް ބާޒާރަށް ނެރެފައިވެ އެވެ.

މި ޕްރޮމޯޝަންގައި 18 މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ ކޯކު ލިބޭނެ އެވެ.

ކޮކާކޯލާ މި ޕްރޮމޯޝަންގައި ކޯކު ފުޅީގެ މަތިގަނޑުގެ އަޑީގައި ހަ ނަމްބަރުގެ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކޮންމެ ރެއަކު 9:00 ޖަހާއިރު، ޓީވީއެމް ލައިވްގައި ނަގާނެ އެވެ.