ވިޔަފާރި

ގިނަ ޕްރައިވެޓް ޖެޓުތަކާއެކު ވީއައިއޭ ބިޒީކޮށް!

Jan 1, 2017
1

ފޮޓޯ އިން ތިޔަ ފެންނަނީ ކުޅޭ ކުޅޭ މަތިންދާ ބޯޓުތަކެކޭ ހީވެދާނެ އެވެ. އެކަމަކު އެއީ އެފަދަ ކުޅޭ އެއްޗިއްސެއް ނޫނެވެ. މި ފޮޓޯ އިން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފްލައިޓްތައް ޕާކު ކުރާ ސަރަހައްދެވެ. މި ސަރަހައްދުގައި ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓް ތަކެވެ. ވެލާނާ އެއާޕޯޓުގައި މިއަދު 50 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ޕާކުކޮށްފައިވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވި ގޮތުގައި މިއަދު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ވަނީ ވީއައިއޭއަށް ޖައްސާފަ އެވެ. އަދި މި ޖެޓުތައް ޕާކު ކުރުމުގެ ފުރުސަތު ލިބުމުގެ ސަބަބުން އެއާޕޯޓުގެ އާމްދަނީ އިތުރުވުމަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް "ޕީކް ސީޒަން" ގެ ގޮތުގައި އަންނަ ޔޫރަޕަށް ފިނި މޫސުން ލައްވައިލާ ނޮވެމްބަރު މަހާއި އޭޕްރީލް މަހު ގިނަ އަދަދެއްގެ ޖެޓުތައް އާދެ އެވެ. ރާއްޖެއަށް ޕްރައިވެޓް ޖެޓްތަކުގައި ދަތުރު ކުރަނީ އެކި ގައުމުތަކުގެ މަހުޖަނުނެވެ. މިގޮތުން ފިލްމީ ތަރިންނާއި މިލިއަނަރުން އަދި ބިލިއަނަރުން ވެސް މީގެތެރޭގައި ހިމެނެ އެވެ.

އެއާޕޯޓްސް ކޮމްޕެނީން ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖެ އަށް އައިސްފައިވާ 53 ޕްރައިވެޓް ޖެޓް އެއާޕޯޓުގައި ބާއްވާނެ ޖާގަ ވަނީ ހެދިފައެވެ. މި ބަދަލު ގެނެސްފައިވަނީ އެމްއޭސީއެ ލްއިން އެއާޕޯޓު އޭޕްރަަން ބޮޑު ކުރުމަށް ހިންގި މަޝްރޫއުގެ ސަބަބުންނެވެ.