ޕޮލިސް ޓޯ ޔާޑް

ޓޯކުރި 81 ސައިކަލާއި 210 ބައިސްކަލު ނައްތާލައިފި

Jan 3, 2017
2

އެއްގަމު އުޅަނދު ފަހަރުގެ ގާނޫނާ ހިލާފުވެގެން ފުލުހުން ޓޯކޮށްފައި ހުރި 81 ސައިކަލަކާއި 210 ބައިސްކަލެއް ނައްތާލައިފި އެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ޓޯޔާޑުގައި 81 ސައިކަލަކާއި 210 ބައިސްކަލެއް ނައްތާލާފައިވާ ކަމަށާއި އެތަކެތި ނައްތާލީ ހިލާފަށް ހިނގާފާނެ ހާދިސާއަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަކެތި ރޫޅާލުމަށްފަހު ވަކިވަކިން ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ. އެ މުއްދަތު ހަމަވުމުން ނައްތާލަން ޖެހެ އެވެ.

ގަވައިދާ ހިލާފު ވެހިކަލްތައް މާލޭގައި ޓޯ ކުރި ނަމަވެސް ވަރަށް ގިނަ ފުރުސަތު ދީފައި ނޫނީ ފުލުހުން މިހާތަނަށް ޓޯ ކުރާ އުޅަނދުތައް ނައްތާލާފައެއް ނުވެއެވެ.