މާލޭ ސިޓީން ރޭ އެކަނިވެސް 40 އުޅަނދު ޓޯކޮށްފި އެވެ.
ފުލުހުން ދަނީ މާލޭ ސިޓީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރަމުންނެވެ.
އެ ގޮތުން އަންގާރަ ދުވަހުގެ ރޭ އަމީނީމަގުން 15 އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ.
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ފުލުހުން އުޅަނދުތައް ޓޯކުރަން ފަށާފައި ވަނީ މާލޭގައި މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވެފައިވަނިކޮށެވެ.