ހަބަރު

ތިން ސަރަހައްދަކުން އެއްގަމު އުޅަނދު ޓޯ ކުރަނީ

ފުލުހުން ޓޯ ކުރި ސައިކަލުތަކެއް ޓޯޔާޑްގައި
0%
0%
0%

މާލޭގެ ތިން ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކު ކުރަމުންދާ ކަމަށް ފާހަގަ ކުރެވޭތީ އެ ސަރަހައްދު ތަކުގައި އެގޮތަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ޕާކު ކުރުމުގެ މައްސަލަތައް ބޮޑު ވެފައިވަނީ ބޮޑު ތަކުރުފާނު މަގު މެހެލިގޯޅި ގުޅޭ ހިސާބާއި އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން ބޮޑު ތަކުރުފާނު މަގު ބީއެމްއެލް އޭޓީއެމާ ދެމެދާއި އަމީނީމަގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދާއި، އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި ކަމަށެވެ.

އަދި ބުނީ އެ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދު ތަކުގައި ވެސް ގަވާއިދާ ހިލާފަށް އުޅަނދު ޕާކު ކޮށްފައި ހުރިނަމަ، އެ އުޅަނދެއް ޓޯ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މިދިއަ ހަފުތާގެ ފުލުސް ތަފާސްހިސާބުތަކަށް ބަލާއިރު 700 އަށް ވުރެ ގިނަ އެއްގަމު އުޅަނދު ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ސްޓިކާ ޖަހާފަ އެވެ. އަދި 94 އުޅަނދެއް ޓޯ ކުރި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަން54

މާލޭގައި ހުސްގުދަން! ޢެއިންތަނެއްގެ ކުރިމަތީ ޕާކް ކުރާތަނުން އެނަގާ އެހެންގުދަނެއްގެ ކުރިމަތީ އެބަ ބަހައްޓާ! ދެން ޓޯކުރާވާހަކަ މިދައްކަނީ! ދެކޮޅު ބަލާފަ ކަންކަން ނިއްމަވާ!

ލައިޝާ

ރަގަޅު. ދިވެހި ރާއްޖޭގެ ސިފައިންނާ ފުލުހުން ހަނގުރާމަ ކުރަނީ ޓޯކުރާ އުޅަދުތަކާ.

ކާފަ

ޕާކުރާނެ ޖާގަ ދައްކާފަ އިސްޓިކާ ޖަހާ ތޯކްކޮށްހަދަން ބުނި ސަރުކާރުން ބަޖެޓް ހަމަޖައްސަނީ އިސްޓިކާ ޖަހައިގެންނާއި ޓޯ ކޮށްގެން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910