ޓްރެފިކް މައްސަލަތައް

މިދިޔަ ހަފްތާގައި ވެހިކަލް ސްޓިކާ ޖެހުން އިތުރު

Nov 17, 2019
4
ވެހިކަލެއްގައި ޕާކިން ސްޓިކާ ޖަހާފައި، މިދިއަ ހަފްތާގައި 1382 ވެހިކަލެއްގައި ސްޓިކާ ޖެހި -- ފޮޓޯ: އަވަސް އާކައިވް
66.7%
0%
33.3%

މާލެ ސިޓީގައި ގަވައިދާ ހިލާފަށް ޕާކް ކުރި 1382 ވެހިކަލެއްގައި ފުލުހުން އިސްޓިކާ ޖަހައިފި އެވެ.

ފުލުހުން އާންމު ކުރި ހަފުތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން 655 ވެހިކަލެއް ބަލާ ފާސް ކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން 1382 ވެހިކަލެއްގައި ސްޓިކާ ޖެހި އެވެ. އަދި 52 ވެހިކަލެއް ޓޯ ކުރި އެވެ.

މިއަދަދުތަކަކީ ކުރީ ހަފުތާއާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. އެ ހަފުތާގައި 557 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެ އެވެ. އަދި މި ހަފުތާގައި ޓޯ ކުރި އުޅަނދުގެ އަދަދުވެސް ވަނީ ތުރުވެފަ އެވެ.

މިދިއަ ހަފުތާގައި މާލޭ ސަރަހައްދުގައި 43 އެކްސިޑެންޓެއް ހިނގައި 12 މީހަކަށް އަނިޔާވި އެވެ. އެކްސިޑެންޓާއި އެފަދަ ހާދިސާތަކުގައި އަނިޔާވި މީހުންގެ އަދަދު ކުރީ ހަފުތާއަށް ވުރެ ދަށެވެ.

މިދިޔަ ހަފުތާގެ ނަމްބަރުތައް

  • ވެހިކަލް ދުއްވަމުން މޯބައިލް ފޯނު އަދި ހެޑް ސެޓް ބޭނުންކުރި 23 މައްސަލަ
  • އިންޝުއަރެންސް އަދި ރޯޑްވާދިނަސް ނުަހަދާ ދުއްވި 41 މައްސަލަ
  • އަހަރީ ފީ ނުދައްކާ ދުއްވި 23 މައްސަލަ
  • ލައިސެންސް ނެތި ވެހިކަލް ދުއްވި 67 މައްސަލަ
  • ބާރަށް ދުއްވި 13 މައްސަލަ
  • ޓްރެފިކް ނިޝާންތަކާ ހިލާފްވި 31 މައްސަލަ
  • ލައިސެންސް ކާޑު ނުލައި ދުއްވި 40 މައްސަލަ
  • ދުވާރު މަތީގައްޔާއި ކަފިހި ހުރަސް މަތީގައި ޕާކް ކުރި ހަ މައްސަލަ
  • ލައިސެންސް ހަލާކުވެގެން އަދި މުއްދަތު ހަމަވެގެން ލައިސެންސް ހިފެހެއްޓި 4 މައްސަލަ
  • މާލެ ހުޅުމާލެ ހައިވޭގައި ހެލްމެޓް ނެތި ދުއްވި 12 މައްސަލަ
  • ނަންބަރު ބޯޑުގެ ދެ މައްސަލަ
  • ގަވާއިދާ ހިލާފަށް ޓެކްސީކުރި ދެ މައްސަލަ
  • ގަވާއިދާ ހިލާފަށް ވެހިކަލް ބަރުކޮށްގެން ދިޔަ މައްސަލައެއް
  • ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި ދެ މައްސަލަ
  • ވެހިކަލް ބައްތި ނުދިއްލާ ދުއްވި ތިން މައްސަލަ
  • ދުއްވަންޖެހޭ ލޭން ނޫން އެހެން ލޭނަކުން އޯވާޓޭކް ކުރި 22 މައްސަލަ
ފުލުހުން އާންމުކޮށްފައިވާ މިދިއަ ހަފުތާގެ ތަފާސް ހިސާބުތައް

ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޕާކް ކުރާނެ ތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ސްޓިކާޖެހުން ހުއްޓާލުމަށްފަހު އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދަހާން

ސައިކަލުތަކުގަ ސްޓިކާ ޖަހާއިރު ފުރަތަމަ ސައިކަލު ޕާރކިންގ ޒޯންތަކުގަ ޕާރކްކޮށްފަ ހުންނަ ކާރުތަކުގަ ސްޓިކާ ޖަހަން ވީނުން. 17.11.2019ވަނަ ދުވަހު އޯރކިޑް މަގުގަ ހުރި ސައިކަލުތަކުގަ ސްޓިކާ ޖެހި އިރު ސައިކަލު ޕާރކިންގަ 3 ކާރު ޕާރކޮށްފަ އޮތް، އެކަމު އެ ކާރުތަކަކު ސްޓިކާއެއް ނުޖަހާ.

ފާތިން

ނިކަން ވިސްނާލަބަލަ، ޕާކް ކުރާނެ ތަނެއް ނުދައްކާ ރައްޔިތުން ފެލަނީ ހަމަ

ބޯރެޓް

ބަޖެޓް ފަހު ދުވަސް ކޮޅެ ފޫބައްދަން ޖެހޭނު

ޙ

ނާ އެހެންޔަ. މިސްކިތް ކުރިމަތީގަ ނަމާދަށް އަރަން ޕާކު ކޮއްލާފަ ދެން ނިކުންނަ އިރު ސައިކަލެއް ނީންދެ ވިއްޔަ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910