މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ހުރި 200 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި އެވެ.
މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އިއްޔެ ވަނީކޮށްފަ އެވެ.
އެ މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި ތިން ބައިސްކަލު ހިމެނެ އެވެ.
މަގުމަތީގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވެ އެވެ.