ޕްރޮމޯޝަން

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރާއި ސައިކަލްގެ ނަސީބުވެރިޔާ ހޮވައިފި

Jan 4, 2017

ބީއެޗްއެމް އިން ވިއްކާ، އެކްސްއެލް އެޖާނީ ޑްރިންކުން ކުރިއަށް ގެންދިޔަ "އެކްސްއެލް ޓެބް ޕްރޮމޯޝަން" ގެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ ދުބާއީ ދަތުރާއި ސައިކަލްގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.

ދެ މިލިއަން ރުފިޔާގެ އަގުހުރި އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދިޔަ އެކްސްއެލް އެނާޖީ ޑްރިންކުގެ ބޮޑު އިނާމު ލިބުނީ މ. ފަޅުމަތީގޭ، ހައްވާ ޝިރުހާނާ އަށެވެ. ދެވަނަ އިނާމަށް ހުށަހަޅާފައިވާ، ހޮންޑާ މޫވް ސައިކަލް ލިބުނީ މ. ސީވިންޑް، ފައްޔާޒު ޝާކިރެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމު ލިބުނު ޝިރުހާނާ އަށް އިތުރު މީހަކު ދުބާއީ ދަތުރުގައި ގެންދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުގައި ފަސް ދުވަހުގެ ހުރުމާއެކު ސިޓީ ޓުއާއެއްގެ އިތުރުން ޓްރެވަލް އެލަވަންސުގެ ގޮތުގައި 2،000 ޑޮލަރު ވެސް ލިބޭނެ އެވެ.

އެކްސްއެލް އެތެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން މިދި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު 29 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިކޮށްފައިވަނީ އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅެއް ގަނެ، މަތިގަނޑުގެ ދަށުގައި އިންނަ ކޯޑު "7755" އަށް އެސްއެމްއެސް ކޮށްގެންނެވެ. މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިއަކަށް ބައިސްކަލެއް ދީފައިވެ އެވެ. އަދި ހަފުތާއަކު އެއް ފަހަރު ހޮވޭ ނަސީބުވެރިއަކަށް ވެސް ބައިސްކަލެއް ދިނެވެ. މީގެ އިތުރުން އަދި މަސް ނިމުމުން ނަގާ ގުރުރުއަތުން ހޮވޭ ފަރާތަކަށް ގާތްގަނޑަކަށް 57،000ރ. ގެ ބޮޑު ހުރި ސައިކަލެއް ދީފައިވެ އެވެ. މީގެ އިތުރުން ދޭ 2،250 އަށް ވުރެ ގިނަ ބޯނަސް އިނާމުތަކެއް ވެސް ދީފައިވެ އެވެ.