ލ. އިސްދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީންއަލުން ހުޅުވާލައިފި އެވެ. މި ބީލަމުގައި ބައިވެރިވެނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ. އެއީ އެޗްސީ 1 އަދި އެޗްސީ 2 އެކެވެ.
ދަނބިދޫއާއި އިސްދޫ ކޯޒްވޭއަކުން ގުޅާލާ ބީލަމުގައި ބައިވެރިވާން 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހެ އެވެ. އެ ފައިސާ މިއަދުން ފެށިގެން މިމަހުގެ 19 އަށް ފިނޭންސް މިނިސްޓްރީ އަށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 60,000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓްގެ އަގުގެ 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބެއެވެ.
ދަނބިދޫ އާއި އިސްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަސައްކަތެކެވެ. މި ޕްރޮޖެކްޓަށް ކޮންޓްރެކްޓަރަކު ހޯދަން ކުރިން ވެސް އިއުލާން ކުރި އެވެ.