އިސްދޫ

އިސްދޫއިން ފެނުނީ ގޭސް ލައިޓަރެއް

ލ. އިސްދޫން އަތުބޮމެއް ފެނުނު ކަމަށް ދެކެވޭ ވާހަކަ އެމްއެންޑީއެފުން ދޮގު ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ އިސްދޫން އަތު ބޮމެއް ފެނުނު ކަމަށް ބުނާ މައްސަލަ އެ އިދާރާގެ ސަމާލު ކަމަށް އައީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފުން ބެލި ބެލުމުން އެއީ އަތުބޮމެއްގެ ސިފަޔަަށް ހަދާފައިވާ ގޭސް ލައިޓަރެއް ކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެއީ އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

އަތު ބޮމެއްގެ ސިފަޔަށް އޮތް ލައިޓަރު އެންމެ ފުރަތަމަ ފެނުނީ ކުޑަކުދިންތަކަކަށެވެ.