ޑރ. އަހުމަދު ޒިޔާދު ބާގިރު

ސޫދާން ފިގުހް ކައުންސިލްގެ ވަފުދެއް ރާއްޖެއަށް

Jan 17, 2017
1

އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒިޔާދު ބާގިރުގެ ދައުވަތަކަށް ސޫދާންގެ ފިގުހް ކައުންސިލްގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

ސޫދާންގެ ފިގުހު ކައުންސިލްގެ ޗެއާމަން ޕްރޮފެސާ އިސާމް އަޙްމަދު އަލް-ބަޝީރު ހިމެނި ވަޑައިގަންނަވާ ގޮތަށް ވަފުދު އައިސްފައި ވަނީ މިއަދު ހެނދުނު އެވެ. މި ދަތުރުގައި ރާއްޖޭގައި އަލަށް އުފެދިގެން ދިޔަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ހަރުދަނާ ކުރުމަށް ސޫދާންގެ އިސްލާމިކް ފިގުހް ކައުންސިލްގެ ތަޖުރިބާއާއި މަޝްވަރާ ހިއްސާކޮށް ރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ޒަމާނީ ފިގުހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއެކު ކަމާ ގުޅޭ ދާއިރާތަކާއި ވަފްދުގެ ބޭފުޅުން ބައްދަލު ކުރާނެ އެވެ. މި ވަފުދު ފުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.