ވިޔަފާރި

ބޮޑެތި ޑިސްކައުންޓް ތަކާއެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ސޭލް ފަށައިފި

Jan 18, 2017

ހާއްސަ ޑިސްކައުންޓް ތަކަކާއި އިނާމްތަކެއް ލިބޭ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ "ކިކް އޮފް ސޭލް" މިއަދު ފަށައިފި އެވެ. މިއީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެސްޓީއޯއިން ފެށި ސޭލެކެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ހުރިހާބާވަތްތަކުގެ މުދާ ވަރަށް ހާއްސަ އަގެއްގައި ލިބެންހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން 500 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު ޕްރޮޑަކްޓް ޑެމޯތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ. އެސްޓީއޯ އަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން އަދި ސެމްސަންގް ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ބްރޭންޑްތަކުގެ ތަފާތު އުފެއްދުންތައް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކަމުން އާދެ އެވެ.