އެމެރިކާގެ ރައީސްކަމުގެ ގޮނޑިއަށް މިއަދު ވަޑައިގެންނެވި ޑޮނަލްޓް ޓްރަމްޕަކީ އެމަގާމަށް މިހާތަނަށް ވަޑައިގަންނަވާ އެންމެ ހަރުކަށި ބޭފުޅާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުގެ އިތުރުން މުޅި ދުނިޔެވެ ސިފަކުރެ އެވެ. ކެމްޕޭން ދުވަސްވަރާއި އިންތިހާބުވެ ވަޑައިގެންނެވި ފަހުން ވެސް ޓްރަމްޕް ފާޅުކުރައްވާފައިވާ ހަރުކަށި ހިޔާލުތަކުގެ ސަބަބުން، އޭނާގެ ވެރިކަމުގައި އެމެރިކާގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތައް އަންނަނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެން އެކަން ވެއްޖެ ނަމަ ދުނިޔޭގެ މަޝްރަހަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެގޮތުން އަތުވެދާނެ ކަމަށް ބެލެވޭ ބޮޑު ހަތް ބަދަލެއް މިހާރުވެސް ވަނީ ފާހަގަ ކުރެވިފަ އެވެ،
ނޭޓޯއަށް ލޮޅުން އަރުވާލާނެ!
ޓްރަމްޕްގެ ވެރިކަމުގައި އޭޝިޔާގެ ސަލާމަތާމެދު ގިނަ ސުވާލުތަކެއް އުފެދެ އެވެ. ޗައިނާއަށް ހައިރާންކަން ލިބިފައި ވަނީ ޓްރަމްޕް ޓައިވާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކުން އެކަންޏެއް ނޫނެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކާފައިވާ ރަށްތަކާ ކައިރި ނުވެވޭ ގޮތަށް ބަންދުކުރުމާ ބެހޭ ގޮތުން އޭނާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ޓްރަމްޕް ވަނީ އޭޝިއާގައިވާ އެމެރިކާގެ މުހިއްމު ބައިވެރިން ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާއަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ދެގައުމުން އެމެރިކާއަށް މާބޮޑަށް ބަރޯސާ ކުރާ ކަމަށެވެ. އަދި އެ ދެގައުމުން އަމިއްލަ ނިއުކްލިއަ ހަތިޔާރު ގެންގުޅުން ރަނގަޅުވާނެ ކަމަށެވެ.
އަމިއްލައަށް ނިއުކްލި ހަތިޔާރު އުފައްދާފައިވާ އުތުރު ކޮރެއާ އަކީ ސަރަހައްދުގައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެގައުމާ މެދު ޓްރަމްޕް އަމަލު ކުރައްވާނެ ގޮތެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންނާ ސީދާ ވާހަކަ ދައްކަވަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
ނިއުކްލިއަ ވޯހެޑެއް އުފުލޭ ދުރުރާސްތާ މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓް ކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ހަބަރު ފެތުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ "އެކަމެއް ނުވާނެ" ކަމަށެވެ.
ރަޝިޔާއާއެކު ލޯތްބެއް ގާއިމު ކުރާނެ!
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަކީ "ވަރުގަދަ ލީޑަރެ" ކެވެ. އަދި ލޯބި ކުރައްވަނީ ޕުޓިންއާ އެކު ބާއްވާ ގާތް ބަދަހި ގުޅުމަކަށެވެ. އެ ގުޅުމަށް ލޯބިކުރައްވާ ކަމަށް ވެސް ސާފުކޮށް ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ލީކްވި ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ހެކްކުރީ ރަޝިޔާއިން ކަމަށް އެމެރިކާ އިންޓެލިޖެންސުން ބުނުމުން އޭނާ އެކަމާ ޓްރަމްޕް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަން ގަބޫލުކުރެއްވި އެވެ،
ޓްރަމްޕަށް ނުފޫޒު ފޯރުވޭ ފަދަ މައުލޫމާތު ތަކެއް ރަޝިޔާގެ އަތުގައި ހުރިކަން ހޯދިފައިވާ ކަމަށް ބުނާ އެމެރިކާގެ ޖާސޫސީ އިދާރާގެ ލިޔެކިއުންތަކެއް ފަހުން ލީކް ވިއެވެ. ޓްރަމްޕް އެކަން ދޮގު ކުރައްވައި އެއީ "ފޭކް ނިއުސް" ކަމަށް ސިފަ ކުރެއްވި އެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާގެ އޮފިޝަލުން އެ ލިއުންތައް ލީކް ކުރީ ގަސްދުގައި ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގުތިސާދީ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކާ މެދު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ "ދުވަސްކޮޅަކަށް ނަމަވެސް" އެ ފިޔަވަޅުތައް ދަމަހައްޓަވާނެ ކަމަށެވެ. ނަމަވެސް ރަޝިޔާއާއެކު ރަނގަޅު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ފިޔަވަޅުތައް އުވާލެއްވިދާނެ ކަމަށެވެ.
އެހެންވީމާ ރަޝިޔާ އާއި އެމެރިކާއާއި ދެމެދު އޮތް ދެކޮޅުވެރިކަން ނެތި، ޓްރަމްޕްގެ ވެރިކަމުގައި އެ ދެގައުމު އެއްބައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެކަން ވެގެންދާނީ ދުނިޔެއަށް އަންނަ ބޮޑު ވެގެންވާ ބަދަލަކަށެވެ.
މިނިވަން ވިޔަފާރި ނިމުމަކަށް؟
ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތަކީ އެތައް އަހަރެއް ވަންދެން އެހެން ގައުމުތަކާ އެކު އެމެރިކާއިން ކުރަމުން އައި ވިޔަފާރިއަށް ބޮޑު ބަދަލެއް ގެނުވާނެ ސިޔާސަތެކެވެ. އޭނާ ވަނީ މިނިވަން ވިޔަފާރީގެ ގިނަ އެއްބަސްވުންތަކެއް އުވާލައްވަފާނެ ކަމުގެ އިންޒާރު އެކި ފަހަރުމަތިން ދެއްވާފަ އެވެ. މެކްސިކޯ އާއި ކެނެޑާއާއެކު ގާއިމްކޮށްފައިވާ ނޯތު އެމެރިކާ ފްރީ ޓްރޭޑް އެގްރިމެންޓް އޭގެ ތެރޭގައިހިމެނެއެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާއިން އެމެރިކާ ވަކިވެދާނެ ކަމަށް ވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފަ އެވެ. މި ބަދަލުތައް އަތުވެއްޖެނަމަ އެކަން ވެގެންދާނީ ވަރަށް ވެސް ބޮޑު ކަމަކަށެވެ.
ވަން ޗައިނާ ސިޔާސަތު ނިމުކަކަށް
ޓައިވާންގެ ރައީސާ ސައި އިން ވެސް އާއި ޑޮނަލްޓް ޓްރަމްޕް ފޯނުން ވާހަކަފުޅު ދެއްކެވި ދެއްކެވުމަކީ އެތައް އަހަރުތަކަކެއް ކުރިން ފެށިގެން އެމެރިކާއިން ގެންގުޅެމުން އައި އުސޫލާ ހިލާފު ކަމެކެވެ. ޗައިނާއިން ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގަ އެވެ. އަދި މިނިވަން ގައުމަކަށް ވުމަށް ޓައިވާނުން ކުރާ މަސައްކަތާ ޗައިނާ ދެކޮޅެވެ. "ވަން ޗައިނާ ޕޮލިސީ" އަކީ އެކަމަށް ތާއީދުކޮށް އެމެރިކާއިން ދަމަހައްޓަމުން އައި ސިޔާސަތަކެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި "ވަން ޗައިނާ ޕޮލިސީ ހިމެނޭ ގޮތުން" ހުރިހާ ކަމަކާ ވެސް މަޝްވަރާ ކުރެވޭނެ އެވެ. އެކަމާ ދެކޮޅު ހަދައި ޗައިނާއިން ބުނެފައި ވަނީ އެއީ މަޝްވަރާ ނުކުރެވޭނެ ކަމެކެވެ.
ޓްރަމްޕްގެ އެ ސިޔާސަތުގެ ސަބަބުން ، ދުނިޔޭގެ އިގުތިސާދީ ދެ ބާރު ކަމަށްވާ ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ވާނެ ގޮތަކާއި މެދު ވަނީ މިހާރު ވަނީ ސުވާލުތައް އުފެދިފަ އެވެ. ހާސް ކަމާއި ނުތަނަވަސް ކަމުގެ ތެރެއަށް ވެއްޓިފަ އެވެ.
އީރާނުގެ ނިއުކްލިއަ އެއްބަސްވުމާ މެދު އަލުން ވިސްނުން
އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެމެރިކާއިން އެގައުމާއެކު ވެފައިވާ އެއްބަސްވުން ޓްރަމްޕް ސިފަ ކުރައްވަނީ އެއީ މިހާތަނަށް މަޝްވަރާކޮށްފައިވާ އެންމެ "ނުބައި" އެއްބަސްވުމުގެ ގޮތުގަ އެވެ.
އީރާނަކީ ސީރިޔާ ހަނގުރާމައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވާ ގައުމަކަށް ވާތީ އީރާނާ އެމެރިކާއާއި ދެމެދު ވެފައި އޮތް އެ އެއްބަސްވުން އުވައިލުމަކީ މެދު އިރުމައްޗަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެކެވެ. ޓްރަމްޕްގެ ވެރިކަމުގައި އެކަންކަން އެ މަގަށް ހިނގުމަކީ ވަރަށް ގާތް ކަމެކެވެ.
އޭޝިއާގައި ނިއުކްލިއަ ހަތިޔާރު އިތުރުވާނެ!
ޓްރަމްޕްގެ ވެރިކަމުގައި އޭޝިޔާގެ ސަލާމަތާމެދު ގިނަ ސުވާލުތަކެއް އުފެދެ އެވެ. ޗައިނާއަށް ހައިރާންކަން ލިބިފައި ވަނީ ޓްރަމްޕް ޓައިވާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކުން އެކަންޏެއް ނޫނެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކާފައިވާ ރަށްތަކާ ކައިރި ނުވެވޭ ގޮތަށް ބަންދުކުރުމާ ބެހޭ ގޮތުން އޭނާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ޓްރަމްޕް ވަނީ އޭޝިއާގައިވާ އެމެރިކާގެ މުހިއްމު ބައިވެރިން ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާއަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ދެގައުމުން އެމެރިކާއަށް މާބޮޑަށް ބަރޯސާ ކުރާ ކަމަށެވެ. އަދި އެ ދެގައުމުން އަމިއްލަ ނިއުކްލިއަ ހަތިޔާރު ގެންގުޅުން ރަނގަޅުވާނެ ކަމަށެވެ.
އަމިއްލައަށް ނިއުކްލި ހަތިޔާރު އުފައްދާފައިވާ އުތުރު ކޮރެއާ އަކީ ސަރަހައްދުގައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެގައުމާ މެދު ޓްރަމްޕް އަމަލު ކުރައްވާނެ ގޮތެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންނާ ސީދާ ވާހަކަ ދައްކަވަން އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
ނިއުކްލިއަ ވޯހެޑެއް އުފުލޭ ދުރުރާސްތާ މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓް ކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ހަބަރު ފެތުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ "އެކަމެއް ނުވާނެ" ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތައް ގަބޫލު ނުކުރެއްވުން
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ގާއިމްކޮށްފައިވާ ޕެރިސް ކްލައިމެޓް އެގްރިމެންޓް، ރައީސްކަން ލިބިވަޑައިގަންނަވާތާ 100 ދުވަސް ތެރޭގައި އުވައިލައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އެދާއިރާއިން ކުރީގެ ރައީސް ބަރަކް އޮބާމާ ތައާރަފް ކުރައްވާފައިވާ ހުރިހާ ގަވައިދެއް ބަދަލު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ތިމާވެށްޓާ ރަށްޓެހި ހަކަތަ ބޭނުން ކުރަން އޮބާމާ ގެންގުޅުއްވި ސިޔާސަތާ ހިލާފަށް ކޯލް ބޭނުން ކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން އެފަދަ ސިޔާސަތެއް ގެންގުޅޭ ނަމަ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބައިނަލް އަގުވާމީ ގޮތުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ އެވެ. ދުނިޔޭގެ މޫސުން ނުބައިވެގެންދާނެ އެވެ.