ވިޔަފާރި

ކޮކާކޯލާ ޓޭސްޓް ދަ ފީލިން ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް!

Jan 23, 2017

ކޯކާ ކޯލާ އިން އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދާ "ޓޭސްޓް ދަ ފީލިން" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. މިކަން ފާހަގަ ކުރުމުގެ ގޮތުން ކޮކާކޯލާ އިން ވަނީ ހާއްސަ ހަވީރެއް ބާއްވާފަ އެވެ.

"ސިޓްރޮން ބައި ލެމަން ގްރާސް" ގައި ބޭއްވި މި ހާއްސަ އިވެންޓުގައި ކޮކާކޯލާގެ މި ޕްރޮމޯޝަންގެ އިނާމުތައް މިހާތަނަށް ލިބުނު މީހުންގެ މައުލޫމާތު އާއްމުންނާ ވަނީ ހިއްސާކޮށްފަ އެވެ. މި ޕްރޮމޯޝަންގައި މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެ ކުންފުނިން އަލަށް ނެރެފައިވާ ރަން މަތިގަނޑުގެ ނުފުށުގައި އިންނަ ހަ ނަމްބަރުގެ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ދެ މީހަކަށް ބެންކޮކް ދަތުރެއް ނުވަތަ އެއް އަހަރުދުވަހަށް ހިލޭ ކޯކް ލިބޭނެ އެވެ. މިގޮތުން ޖުމްލަ 27 މީހަކަށް 54 މީހަކަށް ބެންކޮކް ދަތުރު ލިބޭނެ އެވެ. އަދި މީގެ އިތުރުން 18 މީހަކަށް އެއް އަހަރަށް ވާ ވަރަށް ހިލޭ ކޯކް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި މިހާތަނަށް ނުވަ މީހަކަށް ބެކްކޮކް ދަތުރު ލިބިފައިވެ އެވެ. އަދި 13 މީހަކަށް އެއް އަހަރު ދުވަހަށް ހިލޭ ކޯކް ލިބިފައިވެ އެވެ. އަދި މި ޕްރޮމޯޝަން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.