ދިވެހި ސިނަމާ

"އެންމެ ފަހު ވިންދާ ޖެހެންދެން" ގެ އިޝްތިހާރުން ވިންދާކުޅެލެވޭ ވަރެއް ނުވޭ!

0%
0%
0%

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ޝޯތަކަށް ތައްޔާރުވެ ފިލްމުގެ ޕްރޮމޯޝަން ކުރިއަށްދާއިރު ފިލްމުގެ ޓީވީ އިޝްތިހާރެއް ނުވަތަ "ޓީޒާއެއް" މި ވަނީ އާންމުކޮށްފަ އެވެ.

ކޮންމެއަކަސް ފިލްމު ބަލާލަން ލިބުމުގެ ކުރިން ފިލްމާ މެދު ގޮތެއް ނިންމާކަށް ނުވާނެ އެވެ. ނަމަވެސް ފިލްމުގެ "ޓީޒާއެއް" ދެއިރު ދެ ދަޅައަށް ލޯކަލް ޗެނަލްތަކުން ދައްކަމުން އަންނައިރު މިއަށް ވަނީ މަސްހުނި ހިޔާލުތަކެއް ބަންޑުންވެފަ އެވެ. 

ބައެއް މީހުން ފިލްމުގެ ޕްރޮމޯޝަނަލް ލަވަތަކަށް ތައުރީފުކުރަމުން ދިޔަ ނަމަވެސް ބައެއް މީހުން ބުނަނީ ފިލްމުގެ ޓީވީ އިޝްތިހާރުގެ ވިންދު، ފިލްމަށް ޝައުގުވެރިކަން ޖެއްސޭ ވަރަށް ވުރެ ބަލި ކަމަށެވެ. ހާއްސަކޮށް ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާގެ "ވިންދާކުޅެލެވޭ ވަރުގެ ޕާފޯމެންސެއް" މި ޓީޒާގައި އިޝްތިހާރުގައި ހިމަނާފައި ނެތުމަކީ ޝަކުވާއެކެވެ.

އެކަމަކު އަދި ކޮންމެ ގޮތަކަށް ފިލްމުގެ އިޝްތިހާރު އޮތަކަސް ފިލްމުގައި ޖުމައްޔިލް އާއި މަޖުދާގެ ހުނަރުވެރިކަމެއް ނުފެންނާނެ ކަމަށް ވެސް ނިންމައިގެން ނުވާނެ އެވެ. މަޖުދާ ބޮޑު ސްކްރީނަށް ތައާރަފްކުކޮށްދިން ޑާކް ރެއިންގެ ފިލްމު "ހުޅުދާން" އަކީ އޭނާގެ ހުނަރުވެރިކަން ދައްކުވައިދިން މޮޅު ފިލްމެކެވެ.

އަނެއްކޮޅުން ޖުމައްޔިލްގެ ފުރަތަމަ ފެނިލުން ކަމުގައިވާ "އަނިޔާ" އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނަސް އެންމެން ވެސް ބުނަނީ ޖުމައްޔިލް ވެސް ގޯހެއް ނޫން ކަމަށެވެ. އަނެއްކޮޅުން ޖުމައްޔިލް އަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލުގެ ފިރިހެން ދަރިފުޅަށް ވުމުން އޭނާއާ މެދު ކުރެވޭ އުއްމީދުތައް ވެސް ބޮޑެވެ.

ފިލްމުގެ އިޝްތިހާރުގައި ފެންނަ އެކްޓިންގައި އަސަރެއް އަދި މާކަ މޮޅުކަމެއް ނެތަސް ފިލްމުގެ ސިނެމެޓޯގްރެފީ ފެންނަ ފެނުމަށް އަދި ވަރަށް ހިތްގައިމެވެ.

އެހެންވީމަ ފިލްމުގެ މި އިޝްތިހާރުން ގޮތެއް ނުނިންމައި މި ފިލްމަށް އިންތިޒާރުކުރަމާ ހިނގާށެވެ.

"އެންމެފަހު ވިންދާ ޖެހެންދެން" އަކީ ލޯބީގެ ފިލްމެކެވެ. ލޯބީގައި ޖެހި ދެ މީހަކު ދީވާނާވެ ވީރާނާވެގެންދާ ގޮތެވެ.

ހޮލީވުޑްގެ މަޝްހޫރު "ލަވް ސްޓޯރީ" ގެ ޕްލޮޓް އެލެމެންޓްތައް އެއްކޮށްގެން ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ ވާހަކަ އަކަށް މަހުދީ އަހުމަދު ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭއެކެވެ.

ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ފަތިސްހަނދުވަރުގެ ފެށުން" ގެނެސްދިން ޑައިރެކްޓަރު އަލީ ޝިފާއު އެވެ.

މި ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. ޓިކެޓް ވިއްކަނީ 100ރ. އަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކްރިޓިކްސް

ބައެއްފަހަރު ފިލްމު ކަމުނުދިޔަ ނަމަވެސް އޮންނަ ގާތްކަމެއްގެ ސަބަބުން ކަނޑާވައްޓާލަން ޖެހިލުންވޭ. މިހާތަނަށް ނަދީމު ހުށަހަޅާފައިވާ ރިވިއުތައް "އެނަލައިޒް" ކުރުމުން އެކަން ފާހަގަކުރެވޭ. ކްރިޓިކަލް ރިވިއު ލިޔާ މީހަކަށް ވެސް ނުމެވޭ، ފިލްމު ރިވިއު ލިޔާ މީހަކަށް ވެސް ނުމެވޭ. ކޮންމެ ކަމެއް ކުރުމުގައި ވެސް ވަކި އުސްލޫބެއް އޮވޭ. ނަދީމު ބިރުގަންނަނީތަ އެ މިންގަނޑަށް ފައްތަން. އަމިއްލަ "އުސްލޫބެއް" ހުށަހަޅަން ކުރާ މަސައްކަތުން ފެންނަނީ ޒާތީ ވެވިފައި ހުންނަތަން. މިހެން ބުންޏަސް އެބަހުރި ވަރަށް ރަނގަޅު ރިވިއުތައް ވެސް ލިޔެފައި. "ކްރިޓިކަލް ތިންކިންގ" ގެ ބޭނުން ހިފަމާ. އޭރުން އެއްކޮޅަށް އަރިއަޅާލައިގެން ހުރެ ލިޔެ ނިންމާލެވޭ ލިޔުންތައް މަދުވާނެކަމަށް ފެނޭ. ތިޔައީ ހުނަރުވެރި ފަރާތެއް. ބައެއްފަހަރު އެހެންމީހުން ދޭ ޚިޔާލު ވެސް ބަލައިގަތުންމުން އެކަމުން ތިމާއަށް ފައިދާ ކުރޭ.

ކަމަނަ

ނަދީމު ތިހެން ނުބުނޭ.. ދިވެހި ފްލައިވުޑް އަކަށް މިކަހަލަ ފާޑުކިޔުމެއް ހަޖަމެއް ނުވާނެ.. ލޮލް

ހުސައިންރަމީޒް

ތެދެއް! އެންމެފަހު ވިންދާ ޖެހެންދެން އަރުތެރޭ މިޒަހަރު ހިނގާލަފާނެ! އެކަމަކު އަރުތެރޭ ޒަޚަމްތަކާ އަސަރު ގެނުވާވަރަށް ޕާފޯމެންސް ދެއްކިފައެއްނުވޭ! ކުޑަކުޑަ ތަންފުކަކުން އެރީތިކަމާ އެޖަޒުބާތު ނުދެއްކޭނަމަ، އަަސަރުކުރުވާކަހަލަ ކަމެއް ފެނިފާނުވާނަމަ، ދެންފިލްމާދޭތެރޭ އިތުބާރެއް، ޔަގީންކަމެއް އެބައޮތްތޯ؟ ނެތް! އެކަމަކުވެސް ދިވެހީންކުރާ ތިޔަކަހަލަ ކަންތަކުގާ އަހަރެންނަކީ އެއްބާރުލުންދޭމީހަކަށްވާތީ، ތިޔަފިލްމުވެސް ބަލަންދާނަން! އިންޝާﷲ! =އިބްރާހީމް=

ސާބަސް2015

ޓްރެއިލާރގެ ސިނަމެޓޮގްރަފީ ފެންނަލެއް ހިތްގައިމުވެގެން ނަދީމުގެ ހިތުގެ ވިންދު އުޅެނީ 100 އިން މަތީގައި. މިވީ ކީއްބާ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345