ލައިފްސްޓައިލް

ހަމަ ނިދި ނުލިބުމަކީ ދިފާއީ ނިޒާމު ބަލިކަށި ކުރުވާ ކަމެއް

Jan 29, 2017
1

ހަމަ ނިދި ނުލިބުމަކީ މީހާގެ މަސައްކަތާއި ދިފާއީ ނިޒާމް ބަލިކަށި ވާކަމުގެ އެލާމް އަޅާ ކަމެއް ކަމަށް ދާއިދފަހުން ކުރި ދިރާސާއެއްގައި ބުނެފައި ވެއެވެ.

އެއްމާބަނޑު 11 މީހެއްގެ ލޭ އެ ދިރާސާގައި ބޭނުންކޮށްފައިވެ އެވެ. އެ ދިރާސާގައި ބުނެފައިވަނީ އެއްމާބަނޑު ދެބެންގެ ތެރެއިން މަދުން ނިދާ މީހާގެ ދިފާއީ ނިޒާމު ބަލި ކަށިވާ ކަމަށް ދަށްކާ ކަމަށެވެ.

"މި ދިރާސާއިން އެނގުނީ ނިދި ހަމައަށް ލިބިއްޖެނަމަ މީހާގެ ދިފާއީ ނިޒާމް ރަނގަޅަށް ފަންކްޝަން ކުރާކަން. ހަތްގަޑިއިރު ނުވަތަ އެއަށްވުރެ އިތުރަށް ނިދުމަކީ މީހާގެ މަސައްކަތާއި ސިއްހަތަށް ފައިދާހުރި ކަމެއްކަން،" ޔޫއެސްގެ، ޔުނިވަސިޓީ އޮފް ވޮޝިންޓަން އިން ކުރިއަށް ގެންދިޔަ އެ ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އޯތާ ނަތަނިއަލް ވޮސްޓަން ވިދާޅުވި އެވެ.

އެ ދިރާސާގައި އެއްމާބަނޑު މީހުން ބޭނުންކޮށްފައިވަނީ އެއްހަށިގަނޑާއި އަނެއް ހަށިގަނޑުގައި ހިނގާ ކަންތައްތައް އެއްގޮތްވުން ބޮޑުވާނެތީ ކަމަށް އެ ދިރާސާ ކުރި ފަރާތްތަކުން ބުނެ އެވެ.