ހޮންޑާ މޯލްޑިވްސް ވެބްސައިޓް މިއަދު ލޯންޗުކޮށްފި އެވެ. ވެބްސައިޓް ލޯންޗުކޮށްފައިވަނީ ހޮންޑާ ރާއްޖޭގެ ހަމައެކަނި ޑިސްޓްރިބިއުޓާ ޝީޝާއިންނެވެ.
ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވެބްސައިޓް ލޯންޗު ކޮށްދެއްވީ ޝީޝާގެ ބޯޑު ޑިރެކްޓަރުން ކަމަށްވާ އަހުމަދު ހަސަން މަނިކާއި އިބްރާހިމް ހުޝާމް އަދި ހުސެއިން ހުޝާމެވެ.
މިއަދު ލޯންޗުކުރި މި ވެބްސައިޓް ފަރުމާ ކޮށްފައިވަނީ ޕްރޮޑަކްޓް ރޭންޖުތައް ފަސޭހައިން ބަލާލެވޭ ގޮތަށެވެ. އަދި ސައިޓް މެދުވެރިކޮށް އިންސްޓޯލްމަންޓަށް ވެސް އެދެވޭނެ އެވެ. އަދި އެއް ސައިކަލް އަނެއް ސައިކަލާ އަޅާކިޔުމާއި އެއް އިންސްޓޯލްމަންޓް ޕްލޭން އަނެއް އިންސްޓޯލްމަންޓް ޕްލޭނާ ވެބްސައިޓް މެދުވެރިކޮށް އަޅާކިޔާލެވޭނެ އެވެ.
އޭގެ އިތުރަށް ވެސް އެހެން ބައެއް ހިދުމަތްތައް ވެސް ވެބްސައިޓް މެދުވެރިކޮށް ހޯދޭނެ އެވެ. އެގޮތުން އީޒީ ސާވިސްއަށް ސައިކަލް ސާވިސް ކުރަން ލާން އެމީހަކަށް ފަސޭހަ ގަޑިއަކު ލާ ގޮތަށް ބުކް ކޮށްލެވޭނެ އެވެ.
ވެބްސައިޓް މެދުވެރިކޮށް ޝީޝާ އަދި ހޮންޑާއާ ބެހޭ ގިނަ މައުލޫމާތުތަކެއް ބަލައިލެވޭއިރު ފޯނު ނުވަތަ ކޮމްޕިއުޓަރުން ވެސް ފަސޭއިން ސައިޓް ބަލައިލެވޭނެ އެވެ.
ރާއްޖޭގައި ހޮންޑާ ސައިކަލް އެތެރެކުރާ ހަމައެކަނި ކުންފުނި، ޝީޝާ މެދުކެނޑުމެއް ނެތި ހިދުމަތް ފޯރުކޮށްދޭތާ 29 އަހަރުވެފައިވާއިރު ހޮންޑާ ސައިކަލް ރާއްޖެ އެތެރެކުރާތާ ވަނީ 20 އަހަރުވެފަ އެވެ. އެ ކުންފުނީގެ ބްރާންޗެއް ހުޅުމާލެ އަދި އައްޑޫ ސިޓީގައި ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.