ކުޅިވަރު

އަދިވެސް ޝްވައިންސްޓައިގާ ވަރެއް ނެތްކަން ސާބިތުކޮށްދީފި

Jan 30, 2017

އެއް އަަހަރަށް ފަހު، މެންޗެސްޓާ ޔުނައިޓަޑްގެ ފުރަތަމަ 11 އިން ޖަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ތަރި ބަސްޓިއަން ޝްވައިންސްޓާއިގާ އަށް ފުރުސަތު ދިން މެޗުގައި، އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ދައްކައިފި އެވެ.

އެފްއޭކަޕްގައި، ރޭ ވިގަން އެތުލެޓިކްއާ ދެކޮޅާށް ކުޅުނު މެޗު 4-0 ން ޔުނައިޓެޑް ކާމިޔާބު ކުރިއިރު، ލަނޑެއް ކާމިޔާބުކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

މެޗްގެ ފުރަތަމަ ލަނޑު ފެލައިނީ ކާމިޔާބު ކުރީ، ސްވަންސްޓާއިގާ ނެގި ހުރަހަކުން ކުން ނެވެ. ފެލައިނީ ލަނޑު ޖެހުމުގެ ކުރިން ސްވަންސްޓައިގާ ވަނީ، އިތުރު ހަމަލާތައް އުފައްދާފަ އެވެ.

ޔުނައިޓަޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު އޯވާހެޑަކުން ކާމިޔާބު ކޮށްދިނީ ސްވަންސްޓައިގާއެވެ. މިއީ އޭނަ ޔުނައިޓަޑަށް ޖަހައިދިން ދެ ވަނަ ލަނޑެވެ. ރޭ ގެ މެޗުގައި ޔުނައިޓަޑްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ކްރިސް ސްމޯލިން އާއި ހެންރިކް މިހިތާރިޔަން އެވެ.

ހޯސޭ މޮރީނިއޯ މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ކަމާ ފުރަތަމަ ހަވާލުވެ، ޓީމުން ސްވައިންސްޓާއިގާ ބާކީ ކުރި އެވެ. ނަމަވެސް ޖެނުއަރީ އިން ފެށިގެން މޮރީނިއޯ ވަނީ، ފުރަތަމަ ޓީމާއެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު ޝްވައިންސްޓައިގާ އަށް ދޭން ފަށާފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، މޮރީނިއޯ ބުނީ ސްވައިންސްޓައިގާ ޔުނައިޓަޑް ދޫކޮށް ނުދާނެ ކަމަށާއި، ޔޫރޮޕާ ލީގްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދޭނެ ކަމަށެވެ. މެންފިސް ޑިޕޭ އާއި ސްނައިޑްލިން ދޫކޮށްލުމުން މޮރީނިއޯ ވަނީ މިޑްފީލްޑް ލައިންގައި ސްވައިންސްޓައިގާ އަށް ފުރުސަތު ދޭން ނިންމާފަ އެވެ.

"މިޑްފީލްޑްގައި އަހަރެމެން އަތުގައި މާގިނަ އިހްތިޔާރު ތަކެއް ނެތް، 90 މިނެޓް ހަމަޔަގީން އެއީ ބަސްޓިއަން [ސްވައިސްޓައިގާ] އަށް ރަނގަޅު ވަރެއް، އަހަންނަށް ހީވަނީ އޭނާ ހުރީ ވަރަށް އުފަލުން ހެން،" އުމުރުން 32 އަހަރުގެ ކުޅުންތެރިޔާއާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ކެޕްޓަން ވޭން ރޫނީ އަށް ވަނީ، މެންޗެސްޓާ ޔުނައިޓަޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދުމުން ރަން ބޯޅަ އާއި ރަން ބޫޓެއް ހިމެނޭ އެވޯޑެއް ދީފަ އެވެ. އޭނާ އަށް އެވޯޑް ހަވާލު ކުރީ ކުރިން މި ރެކޯޑް އޮންނަ އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން އެވެ.