ކޮކާ ކޯލާ

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ފަދަ ކަންކަން ގެނެސްދިނުމަށް ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް އިއުލާނުކޮށްފި އެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ކުރިއަށްދާނީ ޖޫން 14 އިން ޖުލައި 14 އަށް ޖަރުމަނުގަ އެވެ.

ޔޫރޯއާ ދިމާކޮށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭންގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިން ވެސް ތައާރަފްކޮށްފަ އެވެ.

މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ 6 އަދަދުގެ ކޯޑު "2626"އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު
  • ޕްރޮމޯޝަން ކުރިއަށްދާނީ މެއި 1 އިން ޖޫން 15 އަށް
  • ފައިނަލް ބަލަން ދިއުމުގެ ފުރުސަތު 6 ނަސީބުވެރިންނަށް ލިބޭ
  • ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ
  • އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވޭ
  • ފުރަތަމަ ލަކީޑްރޯ ނަގާނީ 11 މެއިގައި
  • އޭގެ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހު ނަސީބުވެރިން ހޮވުން އައިސް ޓީވީއިން ލައިވްކޮއް ކުރިއަށްދާނެ

ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން "ޔުއެފާ ޔޫރޯ 2024" އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ކޯޝަލީ ވިދާޅުވީ މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށް ކަމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާއިރު ކުރިއަށް އޮތް ތަނުގައިވެސް މި މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލްމީޑިއާ ޕޭޖުތަކުން އިއުލާން ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.