ލައިފްސްޓައިލް

"ގުޑް ނައިޓް ސްލީޕެއް" ބޭނުންތަ؟

Feb 5, 2017

އެހެންވީއިރު ކުޑަ ލެވެންޑާ ފޮދެއް ބާލީހުގައި އުނގުޅާލާށެވެ. އަދި ހުރިހާ ޑިޖިޓަލް ސްކްރީނެއް ނިއްވާލުމަށްފަހު ނިދަން އޮށޯންނާށެވެ. މިހެން ބުންޏަސް މިކަންކަން ކޮށްގެން ވެސް ނިދިނައިސް ދެ ފަރާތަށް ފުރޮޅި ފުރޮޅި އޮންނަންޖެހޭ މީހުން ވަކި މަދެއް ނުވާނެ އެވެ. އެހެންވީމަ ބޭހަކާއި ނުލައި ހަމަޖެހިލައިގެން ފަސޭހައިން ނިދޭ ކަހަލަ އެއްޗެއް ކާލުމަކީ އެންމެ ފަސޭހަ އެއް ކަންތަކެވެ.

ސްލީޕިން އެކްސްޕާޓް ސެމީ މާގޯ ވިދާޅުވާ ގޮތުގައި އެއްޗެއް ކާލައިގެން ނިދާ ލުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކެއުމުގެ އާދަކާދަ ހުންނަ ގޮތުން ބައެއް ފަހަރަށް ނިދަން ހުރަސް އަޅައެވެ. ދި ގޫޑް ސްލީޕް ގައިޑް ލިޔުއްވި މާގޯ ވަނީ ނިދަން އުނދަގޫވާނަމަ ކާންވީ ބައެއް އެއްޗެހި ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ނިދުމުގެ ކުރިން ކާން ރަނގަޅު ފަސް އެއްޗެއް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ދޮންކެޔޮ

މިއީ މާބޮޑު މަސައްކަތަކާއި ނުލައި ކާލެވޭނެ ހަށިގަނޑަށް ވެސް ފައިދާ ހުރި އެއްޗެކެވެ. ދޮންކޭލަކީ އެނާޖީ ބޫސްޓް ކޮށްދޭ މޭވާއެއްގެ އިތުރުން ގިނަ އަދަދަކަށް މެގްނީޒިއަމް ހިމެނޭ މޭވާ އެކެވެ. މިއީ މަސްތައް ރިލެކްސް ކޮށްދޭ އެލަމެންޓްކެވެ. މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ސެރޮޓޮނިން އަދި މެލޮޓޮނިންގެ ސަބަބުން ނިދުމަށް އެހީތެރިވެދެ އެވެ.

އަލްމަންޑްސް

މިއީ ސިއްހަތަށް ފައިދާ ހުރި ފެޓްސް އިން ފުރިފައިވާ ނަޓެކެވެ. ޓްރައިޓޮފޭން އާއި މެގްނީޒިއަމްގެ ސަބަބުން ހަށިގަނޑު މަސައްކަތްތައް ރިލެކްސް ކޮށްދީ ނިދަން ފަސޭހަ ކޮށްދޭނެ ކަމަށް ސެމީ މާގޯ ވިދާޅުވި އެވެ.

މާމުއި

އެއް ސާމުސާ މާމުއިން ވެސް މީހާގެ އެތެރެހަށި ފްރެޝް ކޮށްލަދީ މީހާގެ ސިކުނޑީގެ މަސައްކަތް ރިލެކްސް ކޮށް އަދި ނިދުމަށް ފަސޭހަކޮށްދެ އެވެ.

އޯޓްސް

މިއީ މިނިރަލްސް، ވިޓަމިންސް، އަދި އެމިނޯ އެސިޑް ގިނަ އަދަދަކަށް ހިމެނޭ ކާނާއެކެވެ. އަދި ނިދަން ފަސޭހަށްކޮށްދޭ މެލަޓޮނިން އުފައްދައިދެ އެވެ.

ޓާކީ

މިއީ ނިދަން ފަސޭހަކޮށްދޭ ޓްރައިޓޮފޭން އެންމެ ގިނައިން ހިމެނޭ އެކައްޗެވެ. އަދި ގިނަ އަދަދަކަށް ޕްރޮޓީން ޓާކީ ގައި ހިމެނެ އެވެ. މިއީ މީހާ ބަނޑުހައިކޮށްނުދީ ނިދަން ފަސޭހަ ކޮށްދޭނެ މަހެކެވެ.

ނިދަން ފަސޭހަ ކާނާގެ އިތުރުން، ރަނގަޅަށް ނިދާލަން ބޭނުންވާ ނަމަ، ދުރުހެލިވާން ޖެހޭ ބައެއް ކާނާ ވެސް މާގޯ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އަލްކަހޯލް ހިމެނޭ ބާވަތްތަކާއި ޗީޒް އަދި ކުޅިކޮށް ކެއުމަކީ ވެސް ހަމަ ނިދި ލިބުމަށް ހުރަސްއަޅާ އެއްޗިއްސެވެ. މީގެއިތުރުން ވެސް ކޮފީ އާއި ބޭކާރު ފެޓްސް ހިމެނޭ ކާނާއަކީ ވެސް ނިދުމަށް ހުރަސް އަޅާ އެއްޗިއްސެވެ.