ސިއްހަތު

ސެނިޓައިޒާއަކީ ކުޑަކުދިންނަށް ރައްކާތެރި އެއްޗެއް ނޫން!

Mar 6, 2017

ކުޑަކުދިންނަކީ ގިނައިން އަނގަޔަށް އަތްލާ ބައެކެވެ. ކޮންމެ ފަދަ ތަނެއްގައި އަތް އުނގުޅާލާފައި ވެސް އަނގަޔަށް އަތްލަފާނެ އެވެ. މިފަދަ ކަންކަމުން ކުދިންނަށް ކުރާ ޖަރާސީމުގެ އަސަރު ކުޑަ ކުރުމަށް ގިނަ ފަހަރަށް ބޭނުން ކުރެވެނީ ކޮންމެވެސް ކަހަލަ ސެނިޓައިޒާ އެކެވެ.

ނަމަވެސް ދަރިފުޅު އަތުގައި އުނގުޅާ ސެނިޓައިޒާގެ ސަބަބުންވާ ފައިދާއަށް ވުރެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ސައިންޓިސްޓުން މިވަނީ ބުނެފަ އެވެ.

ގިނަ ސެނިޓައިޒާ ތަކުގައި ބޭނުންކޮށްފައިވާ ރަލުގެ ބާވަތްތަކާއި ސެންޓުގެ މާއްދާތަކުގެ ސަބަބުން ކުދިން އަނގަޔަށް އަތްލައި ހަދާއިރު، ސެނިޓައިޒާގައި އެކުލެވޭ މާއްދާތަށް ހަށިގަނޑުގެ އެތެރެއަށް ގޮސް ބަނޑުގައި ރިއްސާ ހޮޑުލެވި ކުދިން ވިހަވާ ގޮތް މެދުވެރިވެ އެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލު (ސީޑީސީ) އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ސެނިޓައިޒާގެ އަސަރު ކުދިންގެ ހަށިގަނޑަށް ކުރުމުން ހީވެސް ނުކުރާފަދަ ސީރިއަސް މައްސަލަތަކާއި ކުރިމަތިލާން ޖެހިފައި ހުރި ކަމަށެވެ.

އެ ދިރާސާގައި ބުނެފައިވަނީ ހޭންޑް ސެނިޓައިޒާގެ ތެރެއިން ރަލުގެ މާއްދާތައް ހިމެނޭ ސެނިޓައިޒާގެ ސަބަބުން ކުދިންގެ ހަށިގަނޑަށް ކުރާ އަސަރު ރާ ބޭނުންނުކޮށް ހަދާފައި ނުހުންނަ ސެނިޓައިޒާ ތަކުން ކުރާ އަސަރަށް ވުރެ ބޮޑު ކަމަށެވެ.

ސްކޫލަށްދާ އުމުރުގެ ކުދިންގެ މެދުގައި ވެސް ހޭންޑް ސެނިޓައިޒާ ބޭނުން ކުރުން އިތުރުވެފައިވާއިރު، ސެނިޓައިޒާގެ ބަދަލުގައި ސައިބޯނި ލައިގެން އަތްދޮވުމަށް އެ ދިރާސާގައި އިރުޝާދު ދީފައިވެއެވެ.