ވިޔަފާރި

އެންމެ ބޮޑު ޑޭޓާ އެލަވެންސާ އެކު ދިރާގުގެ އާ ޕެކޭޖްތަކެއް

Feb 12, 2017
1

ރާއްޖޭގެ ކޮންމެ ނެޓްވޯކްއަކަށް ވެސް ބޭނުން ވަރަކަށް ކޯލް، އަދި އެސްއެމްއެސް ކުރެވޭ ގޮތަށް އެންމެ ގިނަ ޑޭޓާ އެކު އާ ދެ ޕޯސްޕެއިޑް ޕެކޭޖެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.

އެގްޒެކެޓިވް އަދި ޕްރޮފެޝަނަލް މަސައްކަތްތަކުގައި އުޅޭ ފަރާތަކަށް ހާއްސަކޮށްގެން ދިރާގުން ނެރުނު "ސްމާރޓް އެގްޒެކެޓިވް 1499 ރުފިޔާ"ގެ ޕެކޭޖްގައި ބޭނުން ވަރަކަށް ކޯލް އަދި އެސްއެމްއެސް ކުރެވޭ އިރު، އެ ޕެކޭޖުން 30 ޖީބީ ޑޭޓާ ލިބޭނެ އެވެ. ބޭނުން ވަރަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ، "ސްމާރޓް އެގްޒެކެޓިވް 1999 ރުފިޔާ"ގެ ޕެކޭޖްގައި 45 ޖީބީގެ ޑޭޓާ ހިމެނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް މޯބައިލް ޕެކޭޖަކަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެވެ. އަދި މި ދެ ޕެކޭޖުން ވެސް ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނޯންނާނެ އެވެ.

"މި ދެ ޕެކޭޖަކީ ވިޔަފާރި ވެރިންނާއި، އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް އެކަށީގެންވާ ޕެކޭޖްތަކެކެވެ،" ދިރާގުން ބުންޏެވެ.

މީގެ އިތުރުން މި ޕެކޭޖްތަކުން ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއް ގައުމަކަށް ގުޅުމަށް 50 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ.