ސިއްހަތު

އަތުން ދާހިއްލާނަމަ ހަދާނީ ކިހިނެތް؟

Mar 20, 2015

އަތުން ދާ ހިއްލާ ހެއްޔެވެ؟ ޕެލްމާ ހައިޕާހިޑްރޯސިން ނުވަތަ އަތްތިލައިން ދާ ހިއްލުމަކީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވެ ލަދުވެތިވާ ކަމެކެވެ. އަތްތިލަ އަބަދުވެސް ދަލުން ފޯވެފައި ހުރުމުގެ ސަބަބުން، މީހުންނާ ސަލާންކޮށް ހެދުމަށާއި ޓައިޕްކޮށް، އަތުން ލިޔުން ފަދަ އެންމެ އާދައިގެ ކަންތައްތައް ކުރުމަށް ވެސް އުނދަގޫވާނެ އެވެ. ހަމައެހެންމެ، އެހެންމީހުންވެސް ތިމާއާ ސަލާންކޮށް ހަދަން ފަސްޖެހޭނެ އެވެ.

ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ހޯމް ރެމެޑީސްތަކުން މިކަމަށް ފަސޭހައިން ހައްލެއް ލިބިދާނެ އެވެ. މިއީ އާންމު ގޮތެއްގައި ގިނަ މީހުންނަށް ދިމާވާ ކަމަށް ނުވިޔަސް، މަދުން ނަމަވެސް އަހަރެމެންގެ ތެރެއިން މީހުން ތަހައްމަލް ކުރަންޖެހޭ ކަމެކެވެ.

ތިރީގައި މި ހިމާނާލަނީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލައިގެން މިކަމަށް ހައްލެއް ހޯދިދާނެ ގޮތްތަކެވެ.

ބޭކިން ސޮޑާ އަދި ބޭބީ ޕައުޑަ ހޫނު ފެނަށް އަޅައި ގިރާލާށެވެ. ދެ އަތްތިލް މިފެން އެއްޗަށް ލުމަށްފަހު 10 މިނެޓް ވަންދެން ބަހައްޓާށެވެ. ބޭކިން ސޮޑާގައި ހިމެނޭ އަލްކަލައިން ދާ ހިއްލުން ކުޑަކޮށް، އަތްތިލަގެ ހަންގަނޑު ހިކިކޮށްދެ އެވެ. ބޭބީ ޕައުޑަ ދާ ހިއްލުމުން އުފެދޭ ނުބައި ވަސް ކަނޑުވަލަދިނުމަށް އެހީވެދެ އެވެ.

ޓޮމާޓޯ ޖޫސް

ޓޮމާޓޯ ދާހިއްލުން ކުޑަކޮށް ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް މަގުފަހިކޮށްދެ އެވެ. ހަފްތާ އެއް ވަންދެން ކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސްތަށްޓެއް ބޯށެވެ. އަތްތިލައިން ދާހިއްލުން ކުޑަ ފާހަގަ ކުރެވޭނެ އެވެ. އަތްތިލައިން ދާހިއްލަނީ ހަށިގަނޑުގަށް ބޭނުންވާ ވިޓަމިން ނުވަތަ މިނަރަލް މަދުވުމުންނެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިން އާއި މިނަރަލްގެ ތެރޭގައި ހިމެނޭ ޕޮޓޭސިއަމް އާއި މެގްނީޒިއަމް ގިނަ އަދަދަކަށް ޓޮމާޓޯގައި ހިމެނެ އެވެ. ކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސް ބޯނަމަ އަތްތިލަ ތާޒާކޮށް، ދާހިއްލުން މަދުވެ ހިކިވާނެ އެވެ.

ޒިންކްއިން މައިގަނޑު ދެ ފައިދާ އެއް ވެ އެވެ. ދާހިއްލުން ކުޑަކޮށްދިނުން އަދި ދާހިއްލުމުން އުފެދޭ ނުބައި ވަސް ކަނޑުވާލަދިނުން ހިމެނެ އެވެ. ބޭނުންނަމަ ދުވާލަކު 30-50 މިލިގްރާމްގެ ޒިންކް ސަޕްލިމެޓް ކާށެވެ. ނުވަތަ ޒިންކް އޮކްސައިޑް ޕައުޑަ ކޮންމެ ދުވަހެއްގެ ހެނދުނު އަތްތިލައިގައި އުނގުޅާށެވެ. ޒިންކް ސަޕްލިމެންޓް ކާ ނަމަ ކޮޕާގެ ބާވަތްތައް މުއްސަނދި ކާނާ ގިނައިން ކާށެވެ. ކޮޕާ އަކީ ހަށިގަނޑަށް ވިޓަމިންސް އާއި މިނަރަލްސް ބޭނުން ވާ ފަދައިން ބޭނުންވާ އެއްޗަކަށް ވާތީ ޒިންކް ހަށިގަނޑުގައި ހިމެނޭ، ހަށިގަނޑަށް ބޭނުންވާ ކޮޕާ މަދުކޮށްދެ އެވެ.

ހަށިގަނޑުގެ ނާރުތަކުގެ ނިޒާމް ވަރުގަދަ ނަމަ ސްވެޓް ގްލޭންޑްސްއިން ސްވެޓް ނުވަތް ދާ އުފައްދައިދޭ މިންވަރު ދައްވާނެ އެވެ. މީގެ އިތުރުން ރޯޒްމެރީ އަކީ ހަށިގަނޑުހޫނުމިން މެދު މިންވަރެއްގައި ހުރުމަށް އެހީވެދޭ އެއްޗެކެވެ. ރޯޒްމެރީ އެކުލެވިގެންވާ ގިނަ ވައްތަރުތަކުގެ ސަޕްލިމެންޓްއާއި، އެރޯމާތެރަޕީ އޮއިލްއާއި، ކޭންޑްލްސް އަދި ޝޭމްޕޫ ފަަދަ ތަކެތީގައި ހިމެނެ އެވެ. ސަޕްލިމެންޓް ކާން ބޭނުންނުވާނަމަ ރޯޒްމެރީ އެސެންޝިއަލް އޮއިލްގައި ވަސް ބަލާށެވެ. މިގޮތަށް ވަސްބަލާނީ އަތުން ދާ ހިއްލަން ފެށުމުންނެވެ.

މި ގަހުގެ ފަތާއި ތޮށިން ބޭނުންކޮށްގެން ހަދާފައި ހުންނަ ލޯޝަން ބާޒާރުން ލިބެންހުންނާނެ އެވެ. މަދުން ނަމަވެސް ގިނަ ވައްތަރުތަކުގެ ލޯޝަންތަކާއި ތެލުގެ ބާވަތްތަކުގައި ހަންގަނޑުގެ ޓިޝޫތައް ވާންކޮށްދިނުމަށް އެހީވެދޭ މާއްދާއެއް މިގަހުގެ ފަތާއި ތޮށި ބޭނުންކޮށްގެން ހާދަފައި ހުންނަ ލޯޝަންތަކާއި ތެލުގައި ހިމެނެ އެވެ.ކޮންމެ ދުވަހެއްގެ ހެނދުނު ކަފަ ކޮޅަކުން މި ލޯޝަން އަތްތިލައިގައި އުނގުޅާށެވެ. މިއީ ނެޓުރަލް ޑިއޮޑްރަންޓް އަކަށްވުމުން، ހަންގަނޑުގައި ހިމެނޭ ލޯވަޅުތައް ބަންދުކޮށްދެ އެވެ.

ވަރަށް ކުރީ ޒަމާނުގައިވެސް މީހުން މިފަތް ދާހިއްލުން ކޮންޓްރޯލް ކުރުމަށް ބޭނުންކޮށްފައިވެ އެވެ.މިފަތް ސްވެޓް ގްލޭންޑް އިން އުފައްދާ ދާ ކޮންޓްރޯލްކޮށް ދިނުމުގެ އިތުރުން، ދާ އުފެއްދުމަށް މަސައްކަތްކުރާ ނާރުތަކުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ.ސޭޖް ފަތުން އުފައްދާފައިވާ ސަޕްލިމެޓްވެސް ބާޒާރުގައި ލިބެން ހުރެ އެވެ. މީގެ އިތުރުން، މިފަތް ސައިފަތް ކައްކާއިރު އަޅައިގެނެވެސް ބޭނުން ކުރެވިދާނެ އެވެ.ދުވާލަކު ދެ ތަށި ސައި ބޯށެވެ. ދާހިތްލުން ކުޑަކަން ފާހަގަ ކުރެވޭނެ އެވެ.

ގޭގައި ފަސޭހައިން ތައްޔާރުކުރެވޭ  މި ފަރުވާ ތަކުން އަތްތިލައިން ދާ ހިއްލުން ފަދަ ކަންތައްތައް ރަނގަޅު ކުރުމަށް އޭހީތެރިވެދެ އެވެ.މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަކުން ރަނގަޅު ވޭތޯ ބަލަން އަޖުމަބަލާލާށެވެ.