ސިއްހަތު

ހަންގަނޑު އެނދުމުން ދެވިދާނެ ހަތް ފަރުވާ

Mar 21, 2015

މި ދުވަސްވަރަކީ ސްކޫލަތަކުގެ ޗުއްޓީއަށް ވުމާއެކު، ޕިކްނިކް ދިއުމާ ނުވަތަ ކައިރި ރަށްރަށަށް ގިނަ ބަޔަކު ދާނެ އެވެ. މިގޮތަށް ޗުއްޓީ ދަތުރާއި ޕިކްނިކް ގޮސް އުޅޭއިރު ގިނަ ވަގުތު މޫދުގަ އާއި އަވީގެ ތެރޭ ކުޅިވަރު ކުޅުމުގައި ގިނަ ބަޔަކު ހޭދަކުރާނެ އެވެ.

ހަފްތާއެއް ނުވަތަ ދެތިން ދުވަހުގެ ދަތުރު ނިމޭއިރު މީހާގެ ސިފަ ހުތުރުވާ ވަރަށް ގައިގެ ހަންގަނޑު ހުންނާނީ އަނދާފަ އެވެ. ހަންގަނޑަށް އެވަރުގެ ބޮޑު ބަދަލެއް އައިކަން ވިސްނާލެވޭނީ ވެސް ދަތުރު ނިމޭ ފަހުންނެވެ. ސަންލޯޝަން ކަހަލަ އެއްޗެއް ބޭނުން ކުރެވުނު ނަމައޭ ހިތައް އަރާނެ ވަރަށް ގިނަ މީހުންގެ ހަންގަނޑު ހުންނާނީ އަނދާފައެވެ. ދެންވެސް އަވަހަށް ބަލަނީ ކޮންމެވެސް ކަހަލަ ސްކިން ލައިޓްނިން ކްރީމެއް ނުވަތަ ހަންގަނޑު ދޮން ކުރަން ބްލީޗެއް މޫނާއި އަތުގައި އުނގުޅައި އޮފީހަށް ނުކުންނަން ވާއިރަށް ކުޑަކޮށް ނަމަވެސް މޫނުމަތި ރީތި ކުރެވޭތޯ އެވެ. ނަމަވެސް އެފަދަ އެއްޗެހިން ގިނަފަހަރު މާބޮޑު އަސަރެއް ނުކުރެ އެވެ.

އަގުބޮޑެތި ތަކެތި ބޭނުން ނުކޮށް ގޭގެ ބަދިގޭގައި ލިބެން ހުންނަ ތަކެތިން މިކަމަށް ހައްލެއް ލިބިދނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

އޮރެންޖް އަކީ ވިޓަމިން ސީ ގިން އަދަދަކަށް ހިމެނޭ މޭވާ އެކެވެ. މި މޭވާގައި ހިމެނޭ ވިޓަމިން ސީ ހަންގަނޑުގެ ސެލް ފަންކްޝަނިން ހަލާކުކޮށްދޭ ފްރީ ރެޑިކަލްސް ނައްތާލަދެ އެވެ.

ހިއްކާފައިވާ އޮރެނަޖް ތޮށި މިކްސްޗަރ އަށް އަޅައިގެން ޕައުޑަރ އަކަށް ވަންދެން ހިމޫންކޮށް މުގުރާށެވެ. މި ޕައުޑަ ބޯތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކުޑަ ކިރުކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. މޫނާއި އަތުގައި އުނގުޅުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

ދެ މޭޒުމަތީ ސަމްސާ ގްރާމް ފްލާ ތެރެއަށް މޭޒު މަތީ ސަމްސަލެއްގެ ރީނދޫ އަޅާށެވެ. އެއަށްފަހު ކުޑަ ކިރުކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. މި ޕޭސްޓް މޫނާއި އަތުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

އަލްމަންޑްސް ގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހިމެނޭއިރު ހަންގަނޑު ރައްކާތެރިކޮށްދޭ ވިޓަމިން އީ ވެސް ހިމެނެ އެވެ.

ދިހަ ވަރަކަށް އަލްމަންޑްސް މިކްސްޗަރުގައި މުގުރާށެވެ. އެއަށްފަހު މި މިކްސް ކުރި އަލްމަންޑްސް ތެރެއަށް ކެލާ ތެޔޮ ކޮޅެއް އަޅައިގެން ޕޭސްޓްއެއް ތައްޔާރު ކުރާށެވެ. އެއަށްފަހު މޫނާއި އަތުގައި އުނގުޅާލުމަށްފަހު ހިކުމުން ރީތިކޮށް ދޮވެލާށެވެ.

ފްރެޝް އަލްމަންޑްސް ނުލިބޭނަމަ ބާޒާރުން ލިބެން ހުންނަ އަލްމަންޑްސް ފެން އެއްޗަކަށް ލުމަށްފަހު އެއްރޭ ވަންދެން ބަހެއްޓުމަށްފަހު މި ޕެސްޓް ތައްޔާރުކުރާށެވެ.

އަލުއްވަކީ ބްލީޗިން އެޖެންޓްއެކެވެ. އެހެންކަމުން މިކަމަށް މިއަށް ވުރެން ވަކި ރަނގަޅު އެއްޗެއް އޮންނާނެ ހެއްޔެވެ.

އަލުވިއެއް އެންމެ ފުރަތަމް ރީތިކޮށް މަށާލާށެވެ. އެއަށްފަހު ކުދިކޮށް ކޮށާލައި މިކްޗަރަށް އަޅައިގެން ޕޭސްޓް އެއް ގޮތަށް ރީތިކޮށް ގްރައިންޑްކޮށްލާށެވެ. އެއަށްފަހު އަތާއި މޫނުގައި އުނގުޅާލާފައި 15 މިނިޓްވަންދެން ބަހައްޓާށެވެ. އެއްށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

މާމުޔާ ލުނބޮޔަކީ ގިނަ އަދަދެއްގެ މޫނުގައި އުނގުޅާ އެއްޗިސް އުފައްދަން އެންމެ ގިނައިން ބޭނުން ކުރާނެ ދެ އެއްޗެކެވެ. މާމުއި، ހިކި ކިރު އަދި ލުނބޯ ހުތް މިއިން ކޮންމެ އެއްޗަކުން މޭޒުމަތީ ސަމުސަލެއް އަޅައިގެން ޕޭސްޓް އެއް ތައްޔާރު ކުރާށެވެ. މޫނާއި އަތުގައި އުނގުޅާފައި 20 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

މިއީ ހަމަ ޔަގީނުންވެސް ވަރަށް ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. ފޭސް އަދި ބޮޑީ ސްކަރަބް ގޭގައި ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭނެ އެވެ.

ލުނބޯ ހުތް ކޮޅެއްގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާށެވެ. ކަފަ ކޮޅަކުން މޫނާއި އަތުގައި އުނގުޅާށެވެ. އެއަށްފަހު، އިނގިލިތަކުން މަޑު މަޑުން އުނގުޅާށެވެ. ލުނބޯގައި ހިމެނޭ ނެޓުރަލް ކްލީންޒާރ މަރުވެފައި ހުންނަ ސެލްސްތައް ނައްތާލަދީ މޫނާއި އަތް މަޑުކޮށް އޮމާންކޮށްދެ އެވެ.

އޯޓްމީލް، ޓޮމާޓޯ ޖޫސް އަދި ކާރޑް އެއްކޮށް މިކްސްކުރުމަށް ޕޭސްޓްއެއް ތައްޔާރުކުރާށެވެ.އެއަށްފަހު މޫނާއި އަތުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހެއްޓުމަށްފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

މިޕޭސްޓް ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު އެއްފަހަރު މޫނުގައި އުނގުޅާށެވެ.

އަގުބޮޑެތި ޕްރޮޑަކްޓްސް ބޭނުންނުކޮށް ބަދިގޭގައި ހުންނަ ސާމާނު ބޭނުންކޮށްގެން ހަންގަނޑަށް ފައިދާ ލިބޭ އަދި ފަސޭހައިން މޫނާއި އަތުގެ ކުލަ ރީތިކުރެވިދާނެ އެވެ.