ޕީޕީއެމް

ކުޅިވަރުގެ ދާއިރާއިން ޕީޕީއެމަށް 350 މެމްބަރުން ގުޅިއްޖެ

ކުޅިވަރުގެ ދާއިރާއިން 350 މެންބަރުން ޕީޕީއެމް އަލަށް ގުޅިއްޖެ އެވެ.

މެޑަމް އޮފީހުގާ މިއަދު ބޭއްވި ހަފްލާގައި ޕީޕީއެމްއަށް ގުޅުން 300 މެމްބަރުންގެ ފޯމް ވަނީ މެޑަމް ފާތުމަތު އިބުރާހިމް އާއި ހަވާލު ކޮށްފަ އެވެ. އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ޕީޕީއެމަށް ގިނަ މެންބަރުން ގުޅުމަކީ ރައީސް ޔާމީންގެ ތަސައްވުރާ ވިސްނުންފުޅަށް ތާއީދު އޮތް މިންވަރު މިއަދު ފެނިގެންދާ ކަމެއް ކަމަށާއި އެ މަސައްކަތުގައި މެޑަމް ފާތުން ގިނަ މަސައްކަތް ތަކެއް ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުން ޕީޕީއެމް އަށް ގުޅެން ބޭނުންވާ މީހުން ތިބޭނެކަން ޔަގީން. މެޑަމް ފާތުމަތު އިބުރާހިމް، އެކަމަނާ ރެއާ ދުވާލު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ،" ޒިޔާދު ވިދާޅުވި އެވެ.

ޕީޕީއެމް އަށް އިއްޔެ ވެސް ވަނީ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅިފަ އެވެ. ރައީސް އަބުދުﷲ ޔާމީން ވަނީ 655 މެންބަރުންގެ ފޯމާއި ހަވާލުވެ ވަޑައިގެންފައި އެވެ. އަދި މެޑަމް ފާތުން އަށް ވަނީ 800 ފޯމް ހަވާލު ކޮށްފަ އެވެ. ޕީޕީއެމަށް ކޮންމެ ދުވަހަކު ދަނީ ގިނަ އަދަދެއްގެ މީހުން ގުޅެމުންނެވެ.