ބޮލީވުޑް

ދަރިފުޅު ފިލްމް ކުޅެން ސަންޖޭ ގަބޫލެއް ނޫން

Mar 5, 2017

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅު ތްރިޝަލާ ދަތަކީ ވެސް އެހެން ސްޓާރުންގެ ދަރިން ގޮތަށް ފިލްމީ ތަރިއަކަށް ވުމުގެ ހުވަފެން ދެކެމުން ބޮޑުވި ކުއްޖެވެ.

ތްރިޝަލާގެ މަންމަ، ރިޗާ ޝަރްމާގެ ފިލްމީ ހަޔާތް ކިތަންމު ކުރު ނަމަވެސް އޭނާ އަކީ ވެސް ބޮޑު މަޝްހޫރު ކަމެއް ލިބިގެން ދިޔަ ބަތަލާ އެކެވެ. އަނެއްކޮޅުން ތްރިޝަލާގެ މާމަ، ނަރްގިސް ދަތަކީ ވެސް އޭނާގެ ޒަމާނުގައި އެންމެ ވިދާލި އެއް ބަތަލާ އެވެ.

ބައްޕަ ސަންޖޭގެ ފިލްމީ ކެރިއަރު ވެސް އެންމެ ކައިރިން ފެނި ފިލްމީ ތަރިއަކަށް ވުމުގެ ހުވަފެން ތްރިޝަލާ ދެކުނު ނަމަވެސް އޭނާގެ ހުވަފެން ވިއްސި ވިހާލިކޮށްލީ ބައްޕަ ސަންޖޭ އެވެ.

ސަންޖޭ މިފަހުން ވަނީ އޭނާގެ ދޮށީ ދަރިފުޅު ތްރިޝަލާ ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންވުމުން އެކަމަށް ހުރަސްއެޅީ އޭނާ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އެކްޓުކުުރުމުގެ ހުވަފެން އަބަދުވެސް ތްރިޝަލާ ދެކުނު ނަމަވެސް އޭނާ ބޭނުންވީ ދަރިފުޅު ފޮރެންސިކް ސައިންސްގެ ދާއިރާއިން ކުރިއަށްދާން ކަމަށެވެ.

"ތްރިޝަލާ ބޭނުންވީ އެކްޓިންގެ ދާއިރާއިން ކުރިއަށްދާން. އަހަރެން އެކަމާ ގަބޫލެއް ނޫން. އެކްޓަރަކަށް ވާން އޭނާ އުޅުނު ނަމަ އަހަރެން އޭނާގެ ފައި ބިންދާލީސް" ސަންޖޭ ބުންޏެވެ.

ސަންޖޭ ވަނީ ތްރިޝަލާ ކާމިޔާބު މީހަކަށް ހެދުމަށް އޭނާ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެ އޭނާ އަށް ވަރަށް ހަރަދު ކުރި ކަމަށާއި އެހެންކަމުން އޭނާ ބޮލީވުޑުން ކުރިއަށް ދިއުމަކީ އޭނާ ގަބޫލުކަމެއް ނޫން ކަމަށް ބުނެފަ އެވެ.

"މިހާރު އަހަރެން ދަރިފުޅު ވަނީ ފޮރެންސިކް ސައިން ދާއިރާއިން ސްޕެޝަލައިޒް ވެފައި، އެއީ ވަރަށް ރަނގަޅު ދާއިރާއެއް ކުރިއަށް ދާން" ސަންޖޭ ބުނެފައިވެ އެވެ.

ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިނިވަންވި ސަންޖޭ މިހާރު އަންނަނީ އޭނާ އެނބުރި ބޮލީވުޑަށް ނިކުންނަ ފިލްމު، "ބޫމީ" ގެ މަންޒަރުތައް ނަގަމުންނެވެ. އެ ފިލްމުގައި ސަންޖޭ ފެނިގެންދަނީ ބައްޕައެއްގެ ރޯލުންނެވެ.

ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިނިވަންވި ސަންޖޭ މިހާރު އަންނަނީ އޭނާ އެނބުރި ބޮލީވުޑަށް ނިކުންނަ ފިލްމު، "ބޫމީ" ގެ މަންޒަރުތައް ނަގަމުންނެވެ. އެ ފިލްމުގައި ސަންޖޭ ފެނިގެންދަނީ ބައްޕައެއްގެ ރޯލުންނެވެ.