ހަބަރު

ޕާޓާއިން ރާއްޖޭގައި އިންސާނީ ވަސީލަތް ކުރިއަރުވައިދެނީ

ޕެސިފިކް އޭޝިއާގެ ޓްރެވެލް އެސޯސިއޭޝަން (ޕާޓާ) އިން ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ހިންގާނީ ރާއްޖޭގެ ޓްރެވެލް އެސޯސިއޭޝަން (މަޓާޓޯ) އާ ގުޅިގެން އަންނަ ޖުލައި 12 އިން 13 އަށް ކުރިއަށް ދާ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް ވިދާވީ މިތަމްރީނު ޕްރޮގްރާމުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެކަމަށް އުންމީދު ކުރާ ކަމާއި މިފަދަ އިތުރު ޕްރޮގްރާމްތަކެއް ޕާޓާ އާއި ގުޅިގެން ރާއްޖޭގައި ހިންގާނެ ކަމަށެވެ.

ކޭސް ސްޓަޑީސް، ގްރޫޕް މަޝްވަރާ، ޕްރެޒެންޓޭޝަން އަދި ތަންތަނަށް ޒިޔާރަތް ކޮއްގެން އަމަލީ ތަޖުރިބާ ހޯދުމުގެ ސެޝަން ތަައް ކުރިއަށް ގެންދާނެ މި ޕްރޮގްރާމް ގައި ތަމްރީނު ދޭނީ ދުނިޔޭގެ ޓްރެވެލް ދާއިރާގެ އިސް ފަރާތްތަކެވެ.