ހޯނޑެއްދޫ

ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި

0%
0%
0%

ގދ. ހޯނޑެއްދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ހޯޑެއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިމަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޖޫން 13، 2022 ގައި ފެށި މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 4.9 މިލިއަން ޑޮލަރުގެ އެހީގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔަ މިމަޝްރޫއު ކުރިއަށް ގެންދިޔައީ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ.

މިމަޝްރޫއުގެ ދަށުން ނަރުދަމާގެ 5 ޕަންޕް ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަވެސް އަޅައި ގޭގެއަށް ކަނެކްޝަން ދީފައިވެ އެވެ. މީގެއިތުރުން ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރްއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ދެ ޓޭންކުވެސް ބަހައްޓާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910