އަންހެނުން ގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ އާއި ހޯޕް ފޯ ވިމެން އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
މި އެއްބަސް ވުމަކީ މި ޖަމިއްޔާއިން ހިންގަމުން އަންނަ ލީގަލް ކްލިނިކް ގެ ކުލި އެެސްޓީއޯއިން ސްޕޮންސާ ކުރުމާއި އެސްޓީއޯގެ މުއައްޒަފުން ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެ ޖަމިއްޔާ އިން ހޭލުން ތެރިކަމުގެ ޕްރޮގްރާމް އެއް ހިންގުމައް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފްސު ހަމަލާތަކުން ރައްކާތެރި ކުރުމުގެ ތަމްރީން އެސްޓީއޯގެ މުއައްޒަފުންނައް ދިނުމައްވަނީ ހަމަޖެހިފައެވެ.
މި އެއްބަސް ވުމުގައި އެސްޓީއޯ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަހީރުއެވެ. އަދި ހޯޕް ފޯ ވިމެން އިން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ފައުންޑިން މެމްބަރު އަނީސާ އަހްމަދުއެވެ.
އަންހެނުން ގެ ހައްގު ގައި މަސައްކަތް ކުރާ ޖަމިއްޔާ އަކަށް މިފަދަ އެހީއެއް ދިނުމަކީ ހެޔޮ ފާލެއް ކަމަށް ބަލަންޖެހޭނެ ކަމަށް އަނީސާ އަހްމަދު ވިިދާޅުވިއެވެ. އަދި އެސްޓީއޯ އިން އަންހެނުން ބާރުވެރިކުރުމަށް ކުރަމުން އަންނަ މަސައްކަތައް އެކަމަނާ ޝުކުރުދެންނެވިއެވެ.
2014 ވަނަ އަހަރުން ފެށިގެން މި ކުންފުނީން އަންނަނީ ހޯޕް ފޯ ވިމެން އިން ހިންގަމުން އަންނަ ކްލިނިކް ގެ ކުލި ސްޕޮންސާ ކުރަމުންނެވެ.