ދުނިޔެ

އިންޑިއާގެ ނާސިގެއެއް ފާސްކުރި އިރު ޖަލުގައި ހުންނަންޖެހޭ ގާތިލަކާއި ތިން ފުލުހުން!

Mar 23, 2015

އިންޑިއާގައި ނާސިގެއަކަށް ފުލުހުން ވަދެ ފާސްކުރި އިރު، ޖަލު ހުކުމެއްގައި ހުރި ގާތިލަކާ އެކު ފުލުހުންގެ ތިން މީހަކު އެތަނު ތެރެއިން ފެނިއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނީ ޖަރްޚަންދް ސްޓޭޓްގައި ފުލުހުންގެ ހަތަރު މީހަކު ގާތިލު މީހާ ގޮވައިގެން ނާސިގެއަށް ދިޔައީ ގާތިލު ޑޮކްޓަރަށް ދެއްކުމަށް ފަހު އެނބުރި ޖަލަށް ދިޔަ މަގުމަތީގައި ކަމަށެވެ. ދާންޖެހޭ ޖަލު ހުރީ ވަރަށް ކައިރީގައި ނަމަވެސް ފުލުހުން ނިންމީ ރާބޮއެ އަމަލުވުމަށް ފަހު 128 މޭލު ދުރު ހިސާބެއްގައި ހުރި ނާސިގެއަކަށް ދާށެވެ.

ގާތިލް ގޮވައިގެން ދިޔަ ހަތަރު ފުލުހުންގެ ތެރެއިން ތިން މީހަކު ނާސިގެއަށް ވަނީ ގާތިލް ވެސް ގޮވައިގެންނެވެ. ފުލުހުންގެ ހަތަރު ވަނަ މީހާ ދިޔައީ އެ ރޭ ގޭގައި މަޑުކޮށްލުމަށެވެ. ކުލަ ހެދުމުގައި ހަތިޔާރު ހިފައިގެން ތިބި ފުލުހުން ނާސިގެއަށް ވަދެ އެތަނުުގައި ތިބިކަން ފަޅާއެރީ ފުލުހުން އެހެން ޓީމަކު ހިންގި އާންމު އޮޕަރޭޝަނެއްގައި ނާސިގެއަށް ވަދެ ފާސްކުރުމުންނެވެ. އޭގެ ކުރިން ފުލުހުންގެ ބަޔަކު ގާތިލާ އެކު "ގެއްލުނު" ކަމެއް ވެސް ނޭނގެ އެވެ.

ގާތިލާ އެކު ނާސިގޭގައި މަސްތުގައި ޖެހިފައި ތިބީ ފުލުހުންކަން އެނގުނީ އެ މީހުންގެ މައުލޫމާތު ފުލުހުންގެ މަރުކަޒާ ހިއްސާކުރުމުންނެވެ.