ބޮލީވުޑް

ޝޫޓިން އަށް ސަލްމާން އާއި ކެޓްރީނާ އޮސްޓްރިއާ އަށް

Mar 15, 2017

މިއީ ހަމަ ޔަގީނުންވެސް ސުޕަސްޓާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ ފޭނުންނަަށް އުފާވެރި ހަބަރެކެވެ.

ދެހާސް ބާރަވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" އިން އެންމެފަހުން އެކުގައި ފިލްމަކުން ފެނިގެން ގޮސްފައިވާ ކުރީގެ މި ދެ ލޯބިވެރިން މި ސިލްސިލާގެ ދެވަނަ ފިލްމު، "ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން އަށް އޮސްޓްރިއާ އަށް ވަނީ އާދީއްތަ ދުވަހުގެ ރޭ ގޮސްފަ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން އަށް އޮސްޓްރިއާ އަށް ސަލްމާން އާއި ކެޓްރީނާ އެކުގައި މުމްބާއީގެ އެއާޕޯޓުން ފުރަން ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ.

ސަލްމާން ވަނީ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ބަރުދަނުން 17 ކިލޯ ލުއިކޮށް، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްލާފަ އެވެ. މީގެ އިތުރުން ކެޓްރީނާ "ޖައްގާ ޖާސޫސް" ގެ ޝޫޓިންގެ ތެރޭގައި އުޅެނިކޮށް މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ބުރަކައްޓަށް ވަނީ އަނިޔާވެފަ އެވެ.

"ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން ކުރިއަށް ގެންދާނެ ތަންތަން ކަނޑައެޅުމަށް ފިލްމުގެ ޑައިރެކްޓަރާއި ޓީމެއް އޮސްޓްރިއާގައި ހަރަކާތްތެރިވަމުން އަންނަނީ ޖެނުއަރީން ފެށިގެންނެވެ.

ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމުގައި އެކްޝަން މަންޒަރުތައް ގިނައިން ފެނިގެންދާނެ ކަމަށްވާއިރު، ހޮލީވުޑްގެ އެވޯޑް ވިނިން އެކްޝަން ޑައިރެކްޓަރު ޓޮމް ސްޓާތާސް ވަނީ މި ފިލްމުގެ އެކްޝަން މަންޒަރުތައް ޑައިރެކްޓްކުރުމަށް ހަމަޖައްސާފަ އެވެ.

"އޭކް ތަ ޓައިގާ" ޑައިރެކްޓްކޮށްފައިވަނީ ކަބީރް ޚާން އެވެ.