ދުނިޔެ

މިއީ ޗައިނާ، ރޭލު އަންނާނީ ސީދާ ގެއަށް!

Mar 22, 2017

އިމާރާތްތައް ބިނާކޮށް އެޕާޓްމަންޓްތައް ވިއްކާ މީހުން މި ޒަމާނުގައި އިސްކަން ދެނީ ދަތުރުފަތުރަށް ފަސޭހަވާ ސަރަހައްދުތަކަށެވެ. އެގޮތުން ރެއިލްވޭ ސްޓޭޝަންތަކާއި އެއާޕޯޓްތަކާ ވީހާވެސް ކައިރީގައި ބިނާތައް ހަދަން ކުންފުނިތަކުން އިސްކަން ދެެއެވެ.

ޗައިނާގެ ބޮޑު ޝަހަރެއް ކަމަށްވާ ޗޮންކިންގައި ގައިމުވެސް އެކަން އޮތީ އެހެންނެވެ. އިމާރާތުގެ ތެރެއިން ރެއިލްވޭ އެއް އޮންނަ ގޮތަށް އެތަނުގައި ވަނީ އެޕާޓްމަންޓް އިމާރާތެއް ބިނާކޮށްފަ އެވެ. އެތަނުގެ ހާއްސަ ކަމަކީ އެތަނުގެ ތެރެއިން ލާފައި ރޭލުތައް ދަތުރުކުރުން އެކަންޏެއް ނޫނެވެ. އެތަނުގެ ތެރޭގައި ރޭލު މަޑުވެސް ކުރެއެވެ. ރޭލަކަށް އަރަން ވެއްޖެއްޔާ ހަވަނަ ފަންގިިފިލަޔަށް ދާންވީ އެވެ. އެކަމަކު އެ ފަންގިފިލަޔަށް ދެވޭނީ އަށް ވަނަ ފަންގިފިލަޔަށް އަރައިގެންނެވެ.

ޗޮންކިން އަކީ 49 މިލިޔަން މީހުން ދިރިއުޅޭ ޝަހަރެކެވެ. އެހާ ގިނަ މީހުން އުޅޭތީ އެތަނުގައި މީހުން ދިރިއުޅޭ ތަންތަނާއި ދަތުރު ފަތުރުގެ ނިޒާމު ގުޅިލާމެހިފައި އޮންނަ ގޮތަކަށް ބައްޓަން ކުރަން ޕްލޭން ކުރާ މީހުން ވަނީ އުފެއްދުންތެރި އާ ގޮތްތައް ހޯދަން ފަށާފައެވެ. ރެއިލްވޭ އާ އެކު ހަދާފައިވާ މި ބިނާއަކީ އެގޮތުން ކޮށްފައިވާ މޮޅު މަސައްކަތެކެވެ. - ސީއެންއެން