ސްވައިން ފްލޫ

ކުރިއަށް އޮތް ތިން ދުވަހަށް ސްކޫލްތައް ބަންދުކޮށްފި

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސްކޫލްތައް ބަންދުކުރަން ވަނީ ނިންމާފަ - ފޮޓޯ: މާހިލް މުހައްމަދު
0%
0%
0%

މި ހަފުތާގެ ބާކީވާ ދުވަސްތަކަކީ ވެސް ސްކޫލް ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ. މިކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، ހުމާއި ރޯގާ ފެތުރެމުންދާތީ ސްކޫލްތައް ބަންދުކުރީ އެކަމަކީ ހުމާއި ރޯގާ ފެތުރުން ކުޑަކުރެވިދާނެ ކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާދިނުމުން ކަމަށެވެ. އަލުން ސްކޫލްތައް ހުޅުވީ، ހުމާއި ރޯގާގެ ހާލަތު ރަނގަޅުވެ، އިތުރަށް ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުން މުހިންމު ނޫން ކަމަށް ފެނުމުން ކަމަށެވެ.

އަލުން ސްކޫލްތައް ހުޅުވުމުން ބެލެނިވެރިންގެ ފަރާތުން އެކަމަށް މާބޮޑު އެއްބާރުލުމެއް ނުލިބުން ކަމަށާއި އެއީ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް މައުލޫމާތު ފެތުރިފައިހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ހުމާއި ރޯގާ ފެތުރެމުން ނުދާ ކަމަށާއި ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ރައީސްގެ މަޝްވަރާގެ މަތިން ހުމާއި ރޯގާ އުޅޭ ސަރަހައްދުތަކުގެ ސްކޫލްތައް ކުރިއަށް އޮތް ތިން ދުވަހަށް ބަންދުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ މާލޭގެ ސްކޫލްތަކާއި ހދ. ކުޅުދުއްފުށީގެ ސްކޫލްތަކާއި ރ. އިނގުރައިދޫ ސްކޫލް އަދި
ރ. އުނގޫފާރު ސްކޫލެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910