ހަބަރު

"ވޮބް" ގެ އެވޯޑް 16 އަންހެނަކަށްދީފި

ވިމެން އޮން ބޯޑް (ވޮބް) ގެ 2016 ގެ އެވޯޑްތައްދީފި އެެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި އެވޯޑް ހަފުލާ ޝަރަފްވެރި ކޮށްދެއްވީ، ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމެވެ.

އެވޯޑް ހަފްލާގައި ވޮބްގެ ފަރާތުން ފަސްޓްލޭޑީއަށް ވަނީ އަންހެނުން ބާރުވެރި ކުރުވަން އެކަމަނާ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން އެވޯޑެއް އަރުވާފަ އެވެ.

ވޮބް އެވޯޑަކީ، އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެކި ރޮނގު ރޮނގުން ގިނަ ކާމިޔާބީތަކެއް ހާސިލް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. ރޭގެ ހަފްލާގައި 16 އަންހެނަކަށް އެވޯޑް ދިން އިރު ރާއްޖެއިން ބޭރު ފަރާތެއް ވެސް އެވޯޑް ހާސިލްކޮށްފައި ވެއެވެ.

މިރޭގެ ހަފްލާގައި އެވޯޑް ހާސިލް ކުރި ފަރާތްތައް

ބެސްޓް އަންހެން ޗެއާޕާސަން ޕްރައިވެޓް ސެކްޓާ - ނަސީމާ ޒަކަރިޔާ
ބެސްޓް އަންހެން މެނޭޖަރު - ގަމީރާ އާދަމް
ބެސްޓް އަންހެން މެނޭޖަރު - ހައްވާ ލަތީފް (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލާ - އެކެޑެމިކް އެފެއާޒް)
ބެސްޓް އަންހެން މެނޭޖަރު - އާމިނަތު ލީލާ
ބެސްޓް އަންހެން މެނޭޖަރު - (ބެންކް އޮފް މޯލްޑިވްސް ގެ އިސްލާމިކް ބޭންކިން ޑިރެކްޓާ)
ބެސްޓް އަންހެން މެނޭޖަރު - ސުނީތާ މުހައްމަދު (އިކޮނޮމިކް މިނިސްޓްރިގެ ކޯޑިނޭޓާ، ފައުންޑިން މެމްބާ އެންޑް ވައިސް ޗެއާ ޕާސަން އޮފް ވިމެންސް އިކޮނޮމިކް ޑިވެލޮޕްމެންޓް)
ބެސްޓް އަންހެން މެނޭޖަރު - އައިޝަތު ޝިރުދާ (މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ)
ބެސްޓް އަންހެން މެނޭޖަރު - އާމިނަތު ޝަރުމާ (މޯލްޑިވްސް ޕޯސްޓް ގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް މާކެޓިން)
ބެސްޓް އަންހެން މެނޭޖަރު - އައިޝަތު ނަތީލާ (އެގްޒެކެޓިވް ސެކެޓްރީ އޮފް ސިމްޑީ)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު (ވައިސް ޗާންސެލާ އޮފް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - އިރުމް ސަބާ (ސެކެޓްރީ އޮފް ޗާޓާޑް އިންސްޓިޓިޔުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސް މެލޭޝިއާ)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - ނަފްހާ ފާރޫގް (ޓީވީ ޕްރެޒެންޓާ އެމްވީޓީވީ)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - އާމިނަތު ޝާޔަން (ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އެންޑް ބޯޑް މެމްބާ، ޕީއެސްއެމް)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - މަރިޔަމް މީނާ ހުސެން (ވޮލަންޓަރި ޕްރިންސިޕަލް، ޒަމާނީ ޕްރީ ސްކޫލް)
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - ފާތުމަތު އަޝްވާ ފަހީމް
ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް - ރައިދާ އިސްމާއިލް ޝަފީގް (ފައުންޑާ އެންޑް އޯނާ އޮފް ރައިދާސް މޯލްޑިވްސް)

ވޮބް ގެ ނައިބު ރައީސް، ޑރ. އައިޝަތު މުނިޒާ ރޭގެ ވިދާޅުވީ، އަންހެނުންނަކީ އެމީހުން ކުރާ މަސައްކަތްތަކާމެދު ފަހުރުވެރިވާ ބަޔަކަށް ވާން ޖެހޭ ކަމަށާއި، އެމީހުން ކުރާ އެއްވެސް މަސައްކަތަކީ ކުޑަ މަސައްކަތެއް ކަމުގައި ދެކެގެން ނުވާނެ ކަމަށެވެ.

އެވޯޑް ހާސިލް ކުރި ފަރާތްތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން އިރުމް ސަބާ ވިދާޅުވީ، ރާއްޖޭގައި އަންހެނުނަށް ހާއްސަ ކޮށްގެން މިފަދަ ޖަމިއްޔާތައް އުފައްދާ، އަންހެނުން ގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރާތީ އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށެވެ. އަދި، ޖިންސީ ތަފާތު ކުރުންތައް ކުޑަ ކުރުމުގެ ގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށްޓަކައި، ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމް އަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް ވެސް ސަބާ ވިދާޅުވި އެވެ. އިރުމް ސަބާ އަކީ މި އެވޯޑު ހާސިލް ކުރެއްވި ޕާކިސްތާނުގެ އަންހެނެކެވެ.

މިއީ، މި ޖަމިއްޔާ އުފެދުންތާ ތިން ވަނަ އަހަރެވެ. 2016 ވަނަ އަހަރު ވެސް ވޮބް އިން ވަނީ އަހަރީ އެވާޑް ދިނުމުގެ ހަފްލާ ބާއްވާ، އެކި ރޮނގު ތަކުން ހޮވާލެވޭ ކަނބަލުންނަށް އެވޯޑް ދީފައެވެ.