ހަބަރު

އިލްމުވެރިންނަށް ހާއްސަ ލެކްޗާ ބައްދަލްވުންތަކެއް ބާއްވާނީ

ދިނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ލެކްޗާ ބައްދަލުވުންތަކެއް ބާއްވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހަމަޖައްސައިފި އެވެ.

މިނިސްޓްރީން ބުނީ، އެ ބައްދަލުވުންތަކުގައި ލެކްޗަރު ދެއްވާނީ ސޫދާނުގެ އާންމު ފަތުވާ ދިނުމާބެހޭ ދާއިރާގެ ރައީސް، ޑރ. އަބްދުލް ހައްޔު ޔޫސުފް އަބްދުއްރަހީމް ކަމަށެވެ.

މި ބައްދަލުވުންތަކަކީ، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުންނާއި ހަމަޔަށް އިސްލާމްދީނާބެހޭ ސައްހަ މައުލުމާތު ފޯރުކޮށް ދިނުމާއެކު ދީނީ ހޭލުންތެރިކަން އިތުރު ކުރަން ކަމަށެވެ. މި ބައްދަލުވުންތަކުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގެ ދީނީ އިލްމުވެރިންނަށާއި، އިމާމުންނަށާއި ހަތީބުން ބައިވެރިވެ ވާނެ އެވެ.

ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއް ރަހީމަކީ، ސޫދާނުގެ އާންމު ފަތުވާ ދިނުމާބެހޭ ދާއިރާގެ ރައީސްގެ އިތުރުން، ސުދާނުގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ކަމާއި، ސޫދާނުގެ މުގުއްމައު ހާތަމުލް މުރުސަލީން މިސްކިތުގެ އިމާމެވެ.