ހަބަރު

"އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް" ގާއިމު ކުރަން ހުޅުވާލައިފި

Apr 5, 2017

ރާއްޖޭގެ މޫސުމީ ވިއުގަ ހަރުދަނާކޮށް ފުޅާކުރަން ރާއްޖޭގެ 25 ސަރަހައްދެއްގައި ބަހައްޓާ "އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް" ގާއިމުކޮށްދޭން ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނީ މި މަސައްކަތަކީ އެ އިދާރާއަށް ސްޓޭޝަންތަށް ފޯރުކޮށް ދީ އިންސްޓޯލްކޮށްދިނުމަށް ހޮވާ އިޓަލީވިލާތުގެ ކުންފުންޏާއެކު ޖޮއިންޓް ވެންޗާ އުސޫލުން ގުޅި ކުރަންޖެހޭ މަސައްކަތްތައްކުރުން ހިމެނޭ ޕްރޮޖެކްޓެއް ކމަށެވެ.

މި މަޝްރޫއާބެހޭ ގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މީޓިއޮރިލޮޖީގައި ބައްދަލުވުމެއް ބާއްވާނެ އެވެ. "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅައި ހުޅުވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 18 ވަނަ ދުވަހު އެވެ.