ދިވެހި ސިނަމާ

ޓެޑްރީގެ "އަމާނާތް" ޔޫޓިއުބް އިން ބަލައިލެވޭނެ

މީގެ ނަވާރަ އަހަރު ކުރިން އެޓާނަލް ޕިކްޗާސް އިން އުފައްދާފައިވާ ފިލްމު "އަމާނާތް" ދާދި ފަހުންމި ވަނީ އަނެއްކާވެސް އޮލިމްޕަހުގައި އަޅުވާފަ އެވެ. އެތައް ބަޔަކު ފިލްމު ބަލާފައިވެސްވެ އެވެ. މި ފުުރުސަތުގައިވެސް ފިލްމު ބަލާލަން ނުދެވުނު މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ފިލްމު އަމާނާތް މިހާރު މިވަނީ ޔޫޓިއުބަށް ލާފަ އެވެ. ޔޫޓިއުބް މެދުވެރިކޮށް އެ ފިލްމު ބަލާލަން ބޭނުން މީހުންނަށް ފިލްމުގެ ސާފު ކޮޕީއެއް ލިބިފަ އެވެ.

ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ވަނީ ތިން ވަނަ ގައުމީ ފިލްމު އެވޯޑުގައި އަމާނާތް ވަނީ 12 އެވޯޑެއްވެސް ހާސިލުކޮށްފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ އަލީ ހާލިދާއި ޖަމްޝީދާ އަހުމަދާއި ފާތުމަތު ރަމީޒާ އެވެ.

އަމާނާތަކީ ބޮލީވުޑް ފިލްމް "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އަމާނާތް ޔޫޓިއުބަށް ލާފައި މިވަނީ އެ ފިލްމުގެ ވަގު ކޮޕީއެއްވެސް ވަނީ ލީކުވެފަ ވަނިކޮށެވެ.

މެދުކެނޑުމަކަށްފަހު ޓެޑްރީ އަނެއްކާވެސް ދަނީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތިން އަހަރު ކުރިން އިއުލާނުކޮށްފައިވާ މި ފިލްމަކީ "ލަސް ވިޔަސް" ނަމުގައި ހަދާ މި ފިލްމެކެވެ. މި ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.