ހަބަރު

ޑެންގޫ ފެތުރިދާނެތީ ޓާސްކް ފޯހެއް އެކުލަވާލައިފި

ކުރިއަށް އޮތީ ހުޅަނގު މޫސުން ކަމަށް ވާތީ، ޑެންގޫ އަށް ތައްޔާރު ވުމުގެ ގޮތުން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން، އެޗްޕީއޭ ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކެއާ މައެމޫނާ އަބޫބަކުރު ވިދާޅުވީ މިއަދާ ހަމައަށް އެހާ ގިނަ ޑެންގޫ ހުމުގެ ކޭސްތައް އަދި ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ. ޑެންގޫ ހުން ފެތުރުމުގެ ކުރިން އެޅެން ހުރި ފިޔަވަޅުތަށް އެޅުމަށް މިހާރުވެސް ޓާސްކް ފޯސް އެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޑެންގީ ހުން ފެތުރުން ހުއްޓުވުމަށް ޕްލޭން ތަކެއް ރޭވި ތަންތަން ސާފުކުރުމުގެ ކަން ކަން ވަރަށް އަވަހަށް ކުުރިއަށް ގެންދާނަން" މައެމޫނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމަކީ ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގޫ ހުން ފެތުރެމުންދާ ދުވަސް ވަރެކެވެ. އެ ބަލި އާންމުވެ ބައެއް އަހަރުތަކުގައި ވަަރަށް ގިނަ މީހުން މަރުވެފައި ވެސްވެ އެވެ.