ހަބަރު

ރާއްޖޭގެ ހާލަތު ބަލަމުން ދާނަން: އީޔޫ، އެމެރިކާ

Apr 8, 2017
9

ވާހަކަ ދެއްކުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރާއްޖޭން އިހުތިރާމް ކުރާ މިންވަރު ބަލަމުންދާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން( އީޔޫ) އާއި އެމެރިކާއިން ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަނާއި ކެނެޑާއާއި އެމެރިކާއިން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަަށް ސަރުކާރުން އިހުތިރާމް ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

"... މި ކަންކަމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ ވަރު އަހަރެމެން ބަލަމުންދާނަމެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ދާއިރުވެސް މެއެވެ،" ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުﷲ މަސީހުގެ އިތުރުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި މެމްބަރުން ތަކަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ހައްޔަރު ކުރުމުން އދ. އިން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އީޔޫ އާއި އެމެރިކާގެ ބަޔާނަކީ ވެސް ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ރާއްޖޭގައި ސިޔާސީ ނުތަވަނަސްކަން އުފެދިފައި ވާތީ ނެރުނު ބަޔާނެއް ކަމަށް ބެލެވެއެވެ. ނަމަވެސް ގާސިމް ދޫކޮށްލާކަށް ދެ ޖަމާއަތުން ވެސް ގޮވާލާފައެއް ނުވެ އެވެ.