ވިޔަފާރި

އެޗްއާރު އެވޯޑަށް ކުރިމަތިލުން މިމަހުގެ 15 އާ ހަމައަށް!

Apr 8, 2017
  • ޓޫރިޒަމް ދާއިރާއަށް ހާއްސަ އެވޯޑެއް
  • އަމިއްލ ފަރުދުންނަށް ކުރިމަތިލެވޭނެ
  • މި ދާއިރާގައި ދޭ ފުރަތަމަ އެވޯޑު

ރާއްޖޭގައި ބާއްވާ ފުރަތަމަ ހޮސްޕިޓާލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15 ގެ ނިޔަލަށް އޮންނާނެ ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުނެފި އެވެ.

"މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓާލިޓީ އެވޯޑު" ބާއްވާ އެޗްއާރު މޯލްޑިވްސްއިން ބުނީ ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ބާއްވާ އެޗްއާރު އެވޯޑަށް ނޮމިނޭޝަންތައް ބަލައި ގަތުން މިމަހުގެ 15 އާ ހަމައަށް އޮންނާނެ ކަމަށާއި މި އެވޯޑަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.

މި އެވޯޑަށް އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިގޮތުން އަމިއްލ ފަރުދުންގެ ބަޔަށް ކުރިމަތިލާ ފަރާތެއްނަމަ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާތާ ފަސް އަހަރުވުން ލާޒިމެވެ. އަދި އޮގަނައިޒޭޝަން ނުވަތަ ޕްރޮޕަޓީގެ ބަޔަށް ކުރިމަތިލެވޭނީ މި ދާއިރާގައި ހިދުމަތްދޭތާ މަދުވެގެން ދެ އަހަރުވީ ތަންތަނަށެވެ.

މި އެވޯޑު ދެނީ ތިން ފަންތިއެއްގެ އެވޯޑް ދޭ ގޮތަށް ނިންމާފައިވާ މި އެވޯޑްގެ ގޯލްޑް ލީޑާ އެވޯޑްސް ދިނުމަށް ނިންމާފައިވަނީ 10 ފަރާތަކަށެވެ. އެއީ އަހަރުގެ ޖެނަރަލް މެނޭޖަރަށާއި ރެސިޑެންޓް މެނޭޖަރަށެވެ. އަދި އިންޖިނިއަރިން އާއި ފިނޭންސް އާއި ފުޑް އެންޑް ބެވަރޭޖާއި ފްރޮންޓް އޮފީހާއި ހައުސިން ކީޕިން އާއި ހިއުމަން ރިސޯސް އާއި ރެކްރިއޭޝަން އެންޑް ވެލްނެސް އަދި ސޭލްސް އެންޑް މާކެޓިން ދާއިރާއިން ވެސް އެވޯޑް ދޭނެ އެވެ. އަދި ސިލްވާ އެވޯޑް ވެސް އަށް ދާއިރާ އަކުން ދޭނެ އެވެ.

އޮގަނައިޒޭޝަނަލް އެވޯޑް ދެނީ 16 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި އަހަރުގެ އެޗްއާރް ޓީމްގެ އެވޯޑާއި އެންޕްލޯއިމެންޓް އެޖެންސީގެ އެވޯޑާއި އެންމެ ރަނގަޅު ވޯކް ޕްލޭސް ކަލްޗާގެ އެވޯޑް އަދި އެންމެ މޮޅު އެންޕްލޯޔާ ބްރޭންޑިންގެ އެވޯޑް ހިމެނެ އެވެ. މި އެވޯޑު ދިނުން އޮތީ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ.