ވިޔަފާރި

ހިއްސާ އަދި ނުވިއްކަން، ކުންފުނި ރީސްޓްރަކްޗާ ކުރަނީ: މެގަ މޯލްޑިވްސް

Apr 19, 2017
1

މެގަ މޯލްޑިވްސްގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލާފައި ނުވާނެ ކަމަށާއި ނަމަވެސް ކުންފުނި ރީސްޓްރަކްޗާ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެގަ މޯލްޑިވްސްގެ ހިއްސާ ވިއްކާލާފައިވާ ކަމަށް ބައެއް މީޑިޔާތަކުގައި އިއްޔެ ޖެހި ހަބަރަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނި ރީސްޓަރަކްޗާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް ހިއްސާ ނުވިއްކާ ކަމަށެވެ.

ނަމަވެސް، އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި މެގަ މޯލްޑިވްސްގެ ބޮޑު ހިއްސާއެއް ގަންނަން ވާހަކަ ބައެއް އިންވެސްޓަރުން ދަނީ ވާހަކަ ދައްކަމުންނެވެ. މި މުއާމަލާތާ ބެހޭ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި މުހިންމު ނިންމުން ފައިނަލްވުމުން އެ ކުންފުނިން ރަސްމީކޮށް އިއުލާނު ކުރާނެ އެވެ. އަދި މި ބަދަލާއެކު އެ ކުންފުނީގެ މިހާރުގެ ހިއްސާގެ އޮނިގަނޑު ބެހިފައިވާ ގޮތަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގާ މޯލްޑިވްސް ހިދުމަތް ދޭތާ ފަސް އަހަރުވެއްޖެ އެވެ. އަދި ކުންފުނީގައި ފަސް ފްލައިޓެއް އޮޕަރޭޓް ކުރަމުންދެ އެވެ.