ވިޔަފާރި

ކަލަ ބޭންކާއި އޭސްގެ ރޯދަ ސޭލް، އެންމެ ކުލަ ގަދަ ސޭލް!

Apr 20, 2017
1

އޭސް ހާޑްވެ އާއި މަޝްހޫރު ކުލަ ފިހާރަ، ކަލަ ބޭންކް ގުޅިގެން ބޮޑު ޑިސްކައުންޓަކާއެކު އަގު ހެޔޮ، އެކަމަކު އަގު ބޮޑު އިނާމުތަކާއެކު ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

ކަލަ ބޭންކް އާއި އިންޓަނޭޝަނަލް ފްރެންޗައިޒް އޭސް ހާޑްވެއާ ހިންގާ، ކޯލޯޑް މޯލްޑިވްސްއިން ބުނީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުޓް ދޭނެ ކަމަށާއި ކަލަ ބޭންކް/ އޭސް ހާޑްވެއާގެ ކޮންމެ ފިހާރައަކުން ވެސް 300ރ. ގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ތިން ލައްކަ ރުފިޔާގެ ނަގުދު ފައިސާ ލިބެ އެވެ.

މި ޕްރޮމޯޝަން ފޭސްބުކާއި އިންސްޓްގްރާމް މެދުވެރިކޮށް ވެސް ކުރިއަށް ދާނެ އެވެ. މި ބައިގެ އިނާމުތަކުގެ ތެރޭގައި އެމެރިކާގެ ނަމްބަރު ވަން އެޕްލަޔަންސް ބްރޭންޑް ކަމަށްވާ، "ހެމިލްޓަން ބީޗް" ގެ އަގުހުރި ޕްރޮޑަކްޓްތައް އެކުލެވިގެންވެ އެވެ.

އޭސް ހާޑްވެއާ/ ކަލަބޭންކްއަކީ 1986 ވަނަ އަހަރު އުފަންވި ކޯލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ވިޔަފާރި އެކެވެ. ކަލަ ބޭންކްގައި 1994 ވަނަ އަހަރުން ފެށިގެން "ކްރައުން ޕެއިންޓް" ވިއްކަމުން ގެންދާ ކުންފުންޏެކެވެ. އަދި މިހާރު ކަލަ ބޭންކުން، އަޒްކޯ ނޮބެލްގެ ސިކަންސް ބްރޭންޑުގެ އިތުރުން ޖޯޓަންގެ މެރިން ޕެއިންޓްސް ފަދަ ގިނަ ބްރޭންޑްތަކެއް ވިއްކަ އެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގައި ވިޔަފާރި ކުރަން ފެށި އޭސް ހާޑްވެއާއަކީ މަލްޓިނޭޝަނަލް ކުންފުންޏެގެ ފިހާރަ ޗޭނެކެވެ. އިންޓަނޭޝަނަލް ފްރެންޗައިޒެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފިހާރަތައް ދުނިޔޭގެ އެކި ތަންތާގައި ހުރެ އެވެ. ނަމަވެސް އޭސް ހާޑްވެއާގެ ރާއްޖޭގެ ފިހާރައަކީ ސާކް ގައުމެއްގައި ހުޅުވި ފުރަތަމަ ފިހާރައެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން މިދިޔަ އަހަރުވެސް މިފަދަ ގިނަ ޕްރޮމޯޝަންތަކެއް ހިންގިއެވެ.