ވިޔަފާރި

ރޯދައަށް އައިސްއަލަމާރިއެއް ބޭނުންތަ؟ އީވޯގެ 15 ސުވާލަށް ޖަވާބުދީ!

މަޝްހޫރު ފަރުނީޗަރު ފިހާރަ، އިވޯ ހޯމްގެ ހަތަރު ވަނަ އަހަރީ ދުވަހާ ދިމާކޮށް އަވަސް އޮންލައިނާ ގުޅިގެން ހާއްސަ ކުއިޒެއް ކުރިއަށް ގެންދަން ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ.

މިއަދު ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިޔަށްދާ ކުއިޒްގައި އީވޯ އާއި ބެހޭ 15 ސުވާލެއް ހިމަނާފައި ވެއެވެ. މި ސުވާލު ތަކަށް އެންމެ ކުޑަ ވަގުތުކޮޅެއްގައި އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އީވޯއިން ސީމޭންސް ބްރޭންޑްގެ އައިސްއަލަމާރި އެއް ދޭން ވަނީ ނިންމާފަ އެވެ.

ގުރުއަތުން ހޮވޭ ފަރާތްތައް އިއުލާން ކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި ކުއިޒްގެ ކޮންމެ ސުވާލަކަށް ވެސް ހަތަރު އޮޕްޝަން ޖަވާބު އޮންނާނެ އެވެ. ބައިވެރިވާ ފަރާތްތަކަށް quiz.avas.mv އަށް ޒިޔާރަތްކޮށްގެން ކުއިޒްގައި ބައިވެރިވެވޭނެ އެވެ. ކޮންމެ މީހަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރުވެސް މި ކުއިޒްގައި ބައިވެރިވެވޭނެ އެވެ.

އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ ރިޒްމާ ރަޝީދު ވިދާޅުވީ އަވަސް އޮންލައިނާއެކު ކުރިޔަށް ގެންދާ މި ކުއިޒަކީ އީވޯގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު އީވޯގެ ކަސްޓަމަރުންނަށާއި އަވަސްގެ ކިޔުންތެރިންނަށް އީވޯ އާއި ބެހޭ އިތުރު މައުލޫމާތު ފޯރުކޮށް ދޭނެ ކުއިޒެއް ކަމަށެވެ.

އީވޯ ހޯމް އަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. ޕްރޮމޯޝަންގެ ފުރަތަމަ އިނާމަކަށް އީވޯ ހޯމްއިން ވިޔަފާރިކުރާ 44 ކަސްޓަމަރުންނަށް 25 ޕަސެންޓްގެ ޑިސްކައުންޓާއި ގިފްޓް ޕެކެއް ދެއެވެ. ދެވަނަ އިނާމެއްގެ ގޮތު އީވޯ ހޯމް ޝޯ ރޫމްގައި ބަހައްޓާފައިވާ ޑިސްޕްލޭއާއެކު ސެލްފީއެއް ނަގައި ފޭސްބުކްގައި ޕޯސްޓްކޮށް އެންމެ ގިނަ ލައިކްސް ލިބޭ ސެލްފީއަކަށް 40،000 ރުފިޔާ ދޭނެ އެވެ.