ވައްކަން

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ތުހުމަތުކޮށް މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންއިން ކުރިއަށް ގެންދާ ތަހްގީގަށް ހޯދާ މީހެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތަކުން އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.