ހަބަރު

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން މަގާމުން ވަކިކޮށްފި

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުން ހަސަން އަލީ ވަކިކޮށްފި އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ.

ހަސަން އަލީ މަގާމުން ވަކިކޮށްފައިވީ ނަމަވެސް ރަސްމީ އެއްވެސް ފަރާތުން އެކަން ކަށަވަރެއް ނުކޮށްދެއްވަ އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އޮފިސަރާ މައުލޫމާތު ސާފުކޮށްލައްވާނެ ކަމަށް ވިދާޅުވެ ފަހުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ހަސަން އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އޭގެ ކުރިން ހުންނެވީ ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުގަ އެވެ.

އޭގެ ކުރިން އިމިގްރޭޝަނުގެ ކޮންޓްރޯލާ ކަމުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.