ހަބަރު

އެސްޓީއޯގެ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

Apr 23, 2017
3

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ތިޖޫރިއެއް ރޭ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ތިޖޫރިއެއް ރޭގެ ވަގުތެއްގައި ބަޔަކު ފަޅާލައި ފައިސާތަކެއް ވަގަށް ނެގި ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 7:50 އެހާކަން ހާއިރު ލިބިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ވަގަށް ނަގާފައި ވަނީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާ އެވެ. މިކަމުގައި އެސްޓީއޯގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.