ވިޔަފާރި

ސީ ގިޔާ ޕްރޮމޯޝަންގެ އަގު، ފަސް ލައްކަ ރުފިޔާ!

Apr 29, 2017

ސީގިއާ އޭ ބުނުމުން ހިތަށް ސިފަވަނީ މޫދު ކުޅިވަރު ތަކެވެ. އެކަަމަކު މިތަނުގައި ހަމައެކަނި ހުރީ މޫދު ކުޅިވަރުގެ ސާމާނު އެކަންޏެއް ވެސް ނޫނެވެ. ކަނޑު އުޅަނދަށް ބޭނުންވާނެ ސާމާނުތައް ނަން ހުސްކޮށް އެބަހުއްޓެވެ. އަދި އެ ފިހާރަ އިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގައި މިވަނީ މި ސާމާނުގެ އަގު ވެސް ހެޔޮކޮށްލާފަ އެވެ. މި ސޭލްގެ އަގު ގުނަން ޖެހެނީ ފަސް ލައްކައިން މަތީގަ އެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންފައި ބައެއް އެއްޗެހިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ސުވާލަކީ މި ޕްރޮމޯޝަން ކުރިއަށްދާއިރު މިތަނުން އެއްޗިހި ގަތުމުން ލިބޭނީ ކޮން ފައިދާއެއް ބާއެވެ؟ ހަމަ ޔަގީނުން ވެސް އަގު ހެޔޮވުމަކީ އެންމެ ބޮޑު ފައިދާއެވެ. އަނެއް ފައިދާއަކީ މި ސޭލުން ވިޔަފާރިކޮށްގެން ލައްވައިލަފާނެ އަގު ބޮޑެތި އިނާމުތަކެވެ. މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި

  • އެއް ވަނަ އަށް އިނާމު 10 ފޫޓުގެ ފައިބަ ލޯންޗެއް
  • ދެ ވަނަ އިނާމު މެރިން ރެފްރިޖިރޭޓަރެއް
  • އިލެކްޓްރިކް އައުޓްބޯޑް އިންޖީނެއް

މި ޕްރޮމޯޝަންގެ އިނާމުތައްް މި ނިމުނީއެއް ވެސް ނޫނެވެ. އަދި ކޮންމެ ދުވަހަކު ލިބޭ އިނާމުތައް ވެސް އެބަހުއްޓެވެ.

ރާއްޖޭގައި 2014 އިން ފެށިގެން އެކި ބްރޭންޑްތައް ވިއްކާ ސީގިޔާ ފިހާރާގައި ދުނިޔޭގެ ގިނަ ބްރޭންޑްތައް ވިއްކަ އެވެ. މިތަނުން އޮޑިފަހަރަށް ބޭނުންވާ އެކި ސާމާނާއި މޫދު ކުޅިވަރުގެ ސާމާނު އަދި ބީޗް ވެއާ އާއި މޫދު އަޑީގެ ފޮޓޯގްރަފީގައި ބޭނުންކުރާ ސާމާނު ލިބެން ހުރެ އެވެ.