އޭސް ހާޑްވެއާގެ ފަރާތުން "މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓް" ގެ ނަމުގައި ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފި އެވެ.
މި ޕްރޮމޯޝަނަކީ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް އޭސް ހާޑްވެއާއިން ވިޔަފާރިއެއް ކުރުމަށްފަހު ގަންނަ ޕްރޮޑަކްޓް ބޭނުން ކުރުމުގެ ކުރިން އެތަނެއްގެ "ބިފޯ" ފޮޓޯއެއް ނަގާފައި، ދެން އެ ޕްރޮޑަކްޓް ބޭނުންކުރާ ތަނުގައި ބަހައްޓާފައި ރީތި ގޮތަކަށް އަތުރާލުމަށްފަހު "އާފްޓާ" ފޮޓޯއެއް ނަގާށެވެ. އެއަށްފަހު ނެގި ދެ ފޮޓޯ ވެސް އޭސް ހާޑްވެއާގެ ފޭސް ބުކް ޕޭޖްގައި makeoverwithACE# މި ހޭޝްޓެގް ޖެހުމަށްފަހު ޕޯސްޓު ކުރާށެވެ.
މޭ މަހުގެ 22 ވަނަ ދުވަސް ނިމުމުގެ ކުރިން އެންމެ ގިނަ ލައިކްސް ލިބޭ ފޮޓޯއެއް ނެގި ފަރާތަށް ހާއްސަ އިނާމެއް ލިބޭނެ އެވެ. އެގޮތުން ނަސީބުވެރި ފަރާތަށް ލިބޭނީ އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އެޕްލަޔަންސްގެ "ހެމިލްޓަން ބީޗް" ގެ ވަރަށް
އަގުހުރި މުދާތަކެއް އެކުލެވޭ ވަރަށް ފުރިހަމަ ޕެކޭޖެކެވެ. މި ޕެކޭޖްގައި ހިމެނޭ ތަކެއްޗަކީ ސްޓެއިންލެސް ސްޓީލް އަވަނަކާއި މަލްޓިޕާޕަސް ބްލެންޑާއަކާއި ޕަނީނީ މޭކާއަކާއި އަދި މީގެ އިތުރުން ހަމަ ހެމިލްޓަން ބީޗް ބްރޭންޑްގެ ޓޯސްޓަރެކެވެ.
އޭސް ހާޑްވެއާއިން ބުނީ، "މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓް" އަކީ އޭސް ހާޑްވެއާއިން ރޯދަމަހު ކަސްޓަމަރުންނަށް ބާއްވާ ޕްރޮމޯޝަންތަކުގެ ތެރެއިން ހިމެނޭ ޕްރޮމޯޝަނެއް ކަމަށާއި އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ އިތުރު
ޕްރޮމޯޝަންތައް އަގުހުރި އިނާމުތަކާއެކު ގެނެސްދިނުން ކަމަށެވެ.
އޭސް ހާޑްވެއާރ އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ކުންފުނިއެކެވެ. އެގޮތުން ރާއްޖޭ ގައި އޭސް
ހާޑްވެއާ އުފަންވީ 2011 ގައި އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ކުރެވުނު ފްރެންޗައިސް އެގްރިމެންޓެއްގެ
ދަށުންނެވެ. އަދި މިފިހާރައަށް ލިބުނު ކާމިޔާބީއާއެކު މީގެ ދެވަނަ ފިހާރައެއް ވެސް ވަނީ 2013 ވަނަ އަހަރު ރާއްޖޭގައި ހުޅުވާފައެވެ.