ވިޔަފާރި

ޖީއޭއެމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އަމާނާތަކާފުލް

ގެސްޓް ހައުސް އެސޯސިއޭސަން އޮޮފް މޯލްޑިވްސް (ޖީއޭއެމް)ގެ އިންޝުއަރެންސް ޕާޓްނާއަކަށް އަމާނާތަކަފުލްއިން މިއަދު ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަމާނާތަކަފުލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމާނާތަކަފުލްއިން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އެވެ. އަދި ޖީއޭއެމް އިން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް އެވެ.

މި ރަސްމިއްޔާތުގައި އަމާނާ ތަކާފުލްގެ ސީއީއޯ ވިދާޅުވީ ގެސްޓް ހައުސް ދާއިރާއަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ދާއިރާ އެއް ކަމުން މި ދާއިރާ އަށް އިންޝުއަރެންސް ޕޮލިސީއެއް ތައާރަފު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި އިންޝުއަރެންސް އަކީ ރާއްޖޭގައި އަލަށް ތައާރަފް ކުރެވިގެންދާ ކަވާއެއް ކަމުން އެސޯއިއޭޝަންގެ ބައިވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ލިބިގެންދާނެ ކަމަށެވެ.